ސަލަފުން ތާއީދުކުރީ އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ނޫން ކަމަށް ބުނެފި
ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމަށް ބުނެ ފެތުރި ޚަބަރު ދޮގުކޮށް، ޖަމްޢިއްޔަތުއް ސަލަފުން އިލްތިމާސްކުރީ ތަރައްޤީގެ މަޝްރޫޢުތަކުގައި ރާއްޖޭގެ އިސްލާމީވަންތަކަން ކަށަވަރުކުރުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.

ބައެއް ނޫސްތަކުން ވަނީ ސަލަފުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމަށް ބުނެ ޚަބަރު ފަތުރައިފައެވެ. އެ ޖަމިއްޔާއިން ބުނީ އެއީ ކަނޑައެޅިގެން ދޮގު ޕްރޮޕެގެންޑާއެއް ކަމަށެވެ.
އެ ޚަބަރު ދޮގުކުރައްވައި ސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވީ ޖަމިއްޔަތުއް ސަލަފުން އިލްތިމާސްކުރީ "ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި ވެސް ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަން ކަށަވަރުވާންޖެހޭނެ" ކަމަށެވެ. އައްޝައިޚް ޢަބްދުﷲ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދަމަހައްޓަންޖެހޭނެ ކަމަށާއި، އެކަމަށް ބުރޫ އަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
ރަސްމާލެ މަޝްރޫޢާ ގުޅިގެން ސަލަފުން ވަނީ އެ ފަދަ ބޭރުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ޤާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި މައިގަނޑު އަށް ކަމަކަށް ރިޢާޔަތްކޮށް އެކަންކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް