މައިގަނޑު ބަޔަށް ދާން

ހަބަރު

ވިލިމާލެ-ގުޅީފަޅު ބްރިޖުގެ އެންމެ ފަހު ބައި އިންސްޓޯލްކޮށް ދެ ރަށް ގުޅާލައިފި

ވިލިމާލެއާއި ގުޅީފަޅާ ދެމެދު ބިނާކުރަމުން އަންނަ ބްރިޖުގެ ފަހު ސެގްމެންޓް އިއްޔެ ހަރުކޮށް، އެ ދެ ރަށް ބްރިޖުން ގުޅައިލައިފިއެވެ.

ވިލިމާލެ-ގުޅީފަޅު ބްރިޖުގެ އެންމެ ފަހު ބައި އިންސްޓޯލްކޮށް ދެ ރަށް ގުޅާލައިފި

ވިލިމާލެއާއި ގުޅީފަޅާ ދެމެދު ބިނާކުރަމުން އަންނަ ބްރިޖުގެ ފަހު ސެގްމެންޓް އިއްޔެ ހަރުކޮށް، އެ ދެ ރަށް ބްރިޖުން ގުޅައިލައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ރޭ ކުރެއްވި ޓްވީޓެއްގައި މި ކާމިޔާބީ ފާހަގަކުރައްވައި، މަޝްރޫޢު ހިންގާ އެފްކޮންސް އާއި އެރަޕް އަދި ހައުސިން މިނިސްޓްރީގެ ޓީމަށް މަރުޙަބާ ވިދާޅުވިއެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށާއި މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ސަރުކާރާ ގާތް ގުޅުމެއްގެ ތެރެއިން ރާއްޖޭގެ އުމްރާނީ ތަރައްޤީގައި ބައިވެރިވުމަކީ އިންޑިއާއަށް ލިބޭ އުފަލެއް ކަމަށެވެ. އެ ހައި ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް އައު ފުރުޞަތުތައް ހުޅުވިގެންދާނެއެވެ.

ބްރިޖުގެ ހުރިހާ ސެގްމެންޓެއް ގުޅައިލެވުމާ އެކު، ދެން ކުރިއަށް ދާނީ ބްރިޖު ފުރިހަމަކޮށް ބޭނުންކުރެވޭ ޙާލަތަށް ގެނައުމުގެ މަރުޙަލާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.