މައިގަނޑު ބަޔަށް ދާން

ހަބަރު

އުއްތަރާކަންޑުގައި ހެލިކޮޕްޓަރެއް ވެއްޓި އެންމެން މަރުވެއްޖެ

އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގައި ހިންދޫންގެ އަޅުކަމުގެ މަންޒިލެއް ކަމަށްވާ ބަދުރީނާތުން ދެހެރާދޫނަށް ދަތުރުކުރި ހެލިކޮޕްޓަރެއް މިއަދު ވެއްޓި، އެ އުޅަނދުގައި ތިބި ހަ މީހުން މަރުވެއްޖެއެވެ.

އުއްތަރާކަންޑުގައި ހެލިކޮޕްޓަރެއް ވެއްޓި އެންމެން މަރުވެއްޖެ

އިންޑިއާގެ އުއްތަރާކަންޑު ސްޓޭޓުގައި ހިންދޫންގެ އަޅުކަމުގެ މަންޒިލެއް ކަމަށްވާ ބަދުރީނާތުން ދެހެރާދޫނަށް ދަތުރުކުރި ހެލިކޮޕްޓަރެއް މިއަދު ވެއްޓި، އެ އުޅަނދުގައި ތިބި ހަ މީހުން މަރުވެއްޖެއެވެ.

ޓްރާންސް ބާރަތު އެވިއޭޝަނުގެ މި ހެލިކޮޕްޓަރުގައި ތިބީ ފަސް ފަސިންޖަރުންނާއި ޕައިލެޓެކެވެ. އުއްތަރާކަންޑު ސިވިލް އެވިއޭޝަން ޑެވެލޮޕްމެންޓް އޮތޯރިޓީ (ޔޫސީއޭޑީއޭ) އިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޖޯޝީމަތު ވާދީ މަތިން ދަތުރުކުރަނިކޮށް އެ އުޅަނދު ވެއްޓުނީއެވެ.

"ޖޯޝީމަތު ވާދީ މަތިން ދަތުރުކުރަނިކޮށް ހެލިކޮޕްޓަރާ މުވާސަލާތު ކެނޑުނު، ހަމަ އެ ވަގުތު ޓްރެކިން ސިސްޓަމުން ވެސް ހެލިކޮޕްޓަރު ގެއްލުނު" ކަމަށް ޔޫސީއޭޑީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓްރާންސް ބާރަތު އެވިއޭޝަނުގެ ހުރިހާ ހެލިކޮޕްޓަރެއް ގްރައުންޑްކުރަން ނިންމާފައިވާ ކަމަށް ޔޫސީއޭޑީއޭ އިން ބުނެފައިވެއެވެ. ރޮއިޓާޒުން އެ ކުންފުންޏާ ގުޅުމުން ޖަވާބެއް ދީފައެއް ނުވެއެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދުގައި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނާއި ކާރިސާ ބެލެހެއްޓުމުގެ ޓީމުތަކާއި ސިފައިން ގުޅިގެން ހޯދައި ސަލާމަތްކުރުމުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ ތަނުން ދުމާއި އަލިފާނުގެ އަސަރު ފެންނަން ހުރި ކަމަށް އިންޑިއާގެ ޓީވީ ޗެނެލްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.