މައިގަނޑު ބަޔަށް ދާން

ހަބަރު

އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމުގެ ތުހުމަތު ދޮގު: ސަލަފް ރައީސް

ޖަމްޢިއްޔަތުއްސަލަފުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމަށް ބައެއް ނޫސްތަކުން ފެތުރި ވާހަކަތައް އެ ޖަމްޢިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އިއްޔެ ދޮގުކުރައްވައިފިއެވެ.

އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމުގެ ތުހުމަތު ދޮގު: ސަލަފް ރައީސް

ޖަމްޢިއްޔަތުއްސަލަފުން އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުމަށް ތާއީދުކުރާ ކަމަށް ބައެއް ނޫސްތަކުން ފެތުރި ވާހަކަތައް އެ ޖަމްޢިއްޔާގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އިއްޔެ ދޮގުކުރައްވައިފިއެވެ.

ޝައިޚް ޢަބްދުﷲ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ހަބަރެއް" ކަމަށެވެ. ޖަމްޢިއްޔަތުއްސަލަފުން އިލްތިމާސްކުރީ ތަރައްޤީގެ ކޮންމެ މަޝްރޫޢެއްގައި ވެސް ރާއްޖޭގެ ސައްތައިންސައްތަ އިސްލާމީވަންތަކަން ކަށަވަރުކުރަންޖެހޭ ކަމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމަށާއި އެ ކަމަށް ބުރޫއަރާ ފަދަ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ޕޯސްޓް އައީ ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ސަމާލުވާންޖެހޭ އަށް ނުކުތާއެއް ޖަމްޢިއްޔަތުއްސަލަފުން ސަރުކާރަށް ހުށަހެޅި ދަނޑިވަޅެއްގައެވެ. އެ ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި، ކަމާ ބެހޭ މުއައްސަސާތަކާ ބައްދަލުކޮށް ހޯދި މަޢުލޫމާތުން އެނގުނީ 500 ހެކްޓަރުގެ ބިން، ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ރިއަލް އެސްޓޭޓް އުސޫލުން ތަރައްޤީކުރުމަށް ދޫކުރާ ގޮތަށް ރޭވިފައިވާ ކަމަށެވެ.

ސަލަފުގެ އިލްތިމާސްގައި ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ސިޔާދަތު ރައްކާތެރިކުރުމާއި، އާބާދީގެ ބައްޓަމަށް އަތުވެދާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާ ދިރާސާކުރުމާއި، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މަންފާ ލިބޭ ގޮތަށް އިޤުތިޞާދީ ތަރައްޤީ ބައްޓަންކުރުމާއި، ދެފުށް ފެންނަ ސިޔާސަތެއް ޤާއިމުކުރުން ހިމެނެއެވެ. އޭގެ އިތުރުން ފަލަސްޠީނުގެ މުޤައްދަސް ބިންތައް ފޭރިގެންފައިވާ އިސްތިޢުމާރީ އިޒްރޭލުގެ ރައްޔިތަކަށް މި މަޝްރޫޢުން ޖާގަ ނުދިނުމަށާއި، އެއްބަސްވުންތައް ހާމަކޮށް ރައްޔިތުންގެ މަޝްވަރާއާ އެކު ކުރިއަށް ގެންދިއުމަށް ވެސް ގޮވާލައިފައިވެއެވެ.

ޖަމްޢިއްޔަތުއްސަލަފުން ރަސްމާލެ މަޝްރޫޢު ދިރާސާކުރަން ފެށިކަން އިޢުލާނުކުރީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ. އެ ޖަމްޢިއްޔާއިން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުގެ ޙަޤީޤީ ތަޞައްވުރު ޔަޤީންވާނީ އެއްބަސްވުން އެކުލަވާލައި ކަމާ ގުޅޭ ޤާނޫނު ވުޖޫދަށް އައުމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.