މައިގަނޑު ބަޔަށް ދާން

ހަބަރު

ކުނބުރުދުއަށް ކުނި ގެންދިޔުމާ ގުޅޭ ކުއްލި މައްސަލައަށް މަޖިލީހުން ތާއީދެއް ނުލިބުނު

ވޯޓުގައި 27 މެންބަރުން މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.

އަހުމަދު އާހިލް ސައީދު

ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެނދި ކުނި ހދ. ކުނބުރުދުއަށް ބަދަލުކުރުމާ ދެކޮޅަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޮޑު އަޣުލަބިއްޔަތަކުން ބޭރުކޮށްލައިފިއެވެ.

ވޯޓުގައި 27 މެންބަރުން މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.

ފިއްޓޭ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރެއްވީ ކުނބުރުދޫގައި ގާއިމުކުރަމުންދާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގެ މަސައްކަތް ނުނިމޭ ކަމަށެވެ. ކުނި ބެހެއްޓުމަށް ބޭނުންވާ ކޮންކްރީޓް ފަންގިފިލާ ނެތި ބިންމައްޗަށް ކުނި އެޅުމުން އުފެދޭ ވިހަ ފެން ނައްތާލެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ތިލަފުށީގައި އެނދި ޕްލާސްޓިކާއި ސިނާއީ ކުނީގެ ސަބަބުން ޑައިއޮކްސިންސް ފިއުރަންސް އަދި ބެންޒީން ފަދަ ކެންސަރަށް މަގުފަހިވާ މާއްދާތައް ވައިންނާއި ފެނުގެ ޒަރީއާއިން އިންސާނުންގެ ހަށިގަނޑަށް ވާސިލުވެ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހިމާޔަތްކޮށްފައިވާ ކަންޒުކަހަނބު އާލާވާ ރަށެއް ކަމުގައިވާ ކުނބުރުދުއަށް މި ކުނި ގެންދިޔުމުން އެ ތަކެތީގެ ދިރިއުޅޭ މާހައުލަށް ގެއްލުންވާނެ ކަމަށް ވެސް ފިއްޓޭ ފާހަގަކުރެއްވިއެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެފައިވާ ގޮތުގައި ތިލަފުށީގެ އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އެނދި ކުނިތައް ނަގައި ކުނބުރުދޫގެ ވޭސްޓް މެނޭޖުމަންޓް ފެސިލިޓީއަށް ގެންދިޔުމުގެ މަސައްކަތް މިއަދު ފެށޭނެ ކަމަށެވެ.

މަޖިލީހުން ކުއްލި މައްސަލަ ބޭރުކޮށްލުމާއެކު ވެމްކޯގެ ނިންމުމަށް ބަދަލެއް ގެނައުމެއް ނެތި އެ ކޯޕަރޭޝަނުން ކުނި ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.