ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 645 މިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް އިއުލާންކޮށްފި
އެ އިއުލާނުގައިވާ ގޮތުން ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު ޓީބިލެކެވެ. މި ހުރިހާ ޓީބިލެއްގެ ފައިސާ ވެސް އަންނަ ހޯމަ ދުވަހު ދައްކަން ޖެހޭ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ޓީބިލަކީ ވަކި މުއްދަތެއް ހަމަވުމުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކާ ގޮތަށް ނެރޭ ސެކިއުރިޓީއެކެވެ. ދައްކަން ޖެހޭ މުއްދަތު ދިގުވި ވަރަކަށް އިންޓަރެސްޓް ރޭޓު މައްޗަށް ދެއެވެ. ޓީބިލާ ގުޅޭ އިތުރު ތަފްސީލް 3349200 އަށް ގުޅައިގެން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އަހުމަދު އާހިލް ސައީދު
ސަރުކާރު ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް 645 މިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.
އެ އިއުލާނުގައިވާ ގޮތުން ވިއްކުމަށް ހަމަޖެހިފައި ވަނީ ހަތަރު ޓީބިލެކެވެ. މި ހުރިހާ ޓީބިލެއްގެ ފައިސާ ވެސް އަންނަ ހޯމަ ދުވަހު ދައްކަން ޖެހޭ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ޓީބިލަކީ ވަކި މުއްދަތެއް ހަމަވުމުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކާ ގޮތަށް ނެރޭ ސެކިއުރިޓީއެކެވެ. ދައްކަން ޖެހޭ މުއްދަތު ދިގުވި ވަރަކަށް އިންޓަރެސްޓް ރޭޓު މައްޗަށް ދެއެވެ. ޓީބިލާ ގުޅޭ އިތުރު ތަފްސީލް 3349200 އަށް ގުޅައިގެން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މިދިޔަ މަހު ވެސް ސަރުކާރުން ވަނީ 1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހުޅުވާލައިފައެވެ. ޢާންމު ގޮތެއްގައި ޓީބިލް ގަންނަ ފަރާތްތަކުގެ ތެރޭގައި ޕެންޝަން ފަންޑާއި ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ޓީބިލުގެ ޖުމްލަ އަދަދު މިހާރު ވަނީ 41.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އޭގެ ތެރެއިން އެއް މަސް ތެރޭ 3.4 ބިލިއަން ތިން މަސް ތެރޭ 2.97 ބިލިއަން ހަ މަސް ތެރޭ 2.5 ބިލިއަން އަދި އެއް އަހަރުގެ މުއްދަތަށް ފަހު ދައްކަން ޖެހޭ 32.7 ބިލިއަން ރުފިޔާ ހިމެނެއެވެ.
ދައުލަތުގެ މާލީ ޙާލަތަށް ބަލާ އިރު މިދިޔަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ލިބިފައިވާ އާމްދަނީ އަކީ 27.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް ޚަރަދުތައް 29.96 ބިލިއަން ރުފިޔާއަށް އެރުމުން ޚަރަދު ވަނީ އާމްދަނީއަށް ވުރެ އިތުރުވެފައެވެ. ދައުލަތުގެ ހޭދައިގެ ބޮޑު ބައެއް ދަނީ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށް ކަމުގައިވާ އިރު އެ ބައި އެކަނި ވެސް 10.3 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ 1.1 ބިލިއަން ޑޮލަރުގެ ދަރަނި މި އަހަރު ދައްކަން ޖެހޭ އިރު މިދިޔަ މަހުގެ 27 ވަނަ ދުވަހާ ހަމައަށް ދަރަނި ދެއްކުމަށް 9.77 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް