މައިގަނޑު ބަޔަށް ދާން

ހަބަރު

އެޗްޑީސީން ހުޅުމާލޭގައި ފޮގުކުރުމާއެކު ބޮޑު ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި

ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ. ބައިވެރިންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރާއި ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުންގެ އިތުރުން މޯޕާ އަދި އެހެނިހެން ފަރާތްތައް ހިމެނެއެވެ. މި ހަރަކާތުގައި ސާފުކޮށްފައިވަނީ ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަޙައްދެވެ.

އަހުމަދު އާހިލް ސައީދު

ހުޅުމާލެ ސާފުކުރުމުގެ ތެރެއިން؛ ފޮޓޯ / ޕީއެސްއެމް
ހުޅުމާލެ ސާފުކުރުމުގެ ތެރެއިން؛ ފޮޓޯ / ޕީއެސްއެމް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން "މަދިރިން ރައްކާ" ޕްރޮގްރާމުގެ ތެރެއިން މިއަދު ހުޅުމާލޭގައި ފޮގުކުރުމާއި ސާފުކުރުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.

ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ. ބައިވެރިންގެ ތެރޭގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރާއި ކުންފުނީގެ އިސް ބޭފުޅުންނާއި މުވައްޒަފުންގެ އިތުރުން މޯޕާ އަދި އެހެނިހެން ފަރާތްތައް ހިމެނެއެވެ. މި ހަރަކާތުގައި ސާފުކޮށްފައިވަނީ ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަޙައްދެވެ.

މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލުކުރުމަށް އެޗްޑީސީން ދަނީ ދެ ގޮތަކަށް ފޮގުކުރުމުގެ މަސައްކަތް ހިންގަމުންނެވެ. އެއީ ކޮންމެ ހަފުތާއަކު ތާވަލުކޮށްގެން ކުރިއަށް ގެންދާ ފޮގުކުރުމާއި ރައްޔިތުންގެ ޝަކުވާތަކާއި މަދިރި ގިނަކަމަށް ފާހަގަކުރެވޭ ސަރަޙައްދުތަކަށް ޚާއްޞަކޮށްގެން ހިންގާ ފޮގުކުރުމެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި މި ޕްރޮގްރާމުގެ ހަރަކާތްތައް ވަނީ ހިންގައިފައެވެ.

ތިމާވެށި ޙިމާޔަތްކުރުމާއި މުޖުތަމަޢުގެ ބައިވެރިވުން ފުޅާކުރުމުގެ ގޮތުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ ތަފާތު ސަރަޙައްދުތަކުގައި މިފަދަ ސާފުކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.