ހަބަރު

އިންސާނީ ވަގުފާރިއާ ދެކޮޅަށް ހޭލުންތެރިވެ ތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި

Insaanee vagufaari aa dhekolhah heyluntheri ve thibumah raees ilthimaas koffi

Ahmed Aahil Saeed

30 July 2026

0
އިންސާނީ ވަގުފާރިއާ ދެކޮޅަށް ހޭލުންތެރިވެ ތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި

ޕަލްސް ޕޮޑްކާސްޓްގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި ޑިޖިޓަލް ފަންނިއްޔާތާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާކޮށް ނަފާ ހޯދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. މިކަމުގައި ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތަކާއި ޤާނޫނީ މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ހޭލައި ތިބެންޖެހޭ ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ރަމްޒުކޮށްދެނީ ކުށުގެ ވިއުގަތަކުން ފަންނިއްޔާތުގެ ނާޖާއިޒު ބޭނުން ހިފައި ނާޒުކު ޙާލަތުގައި ތިބޭ މީހުން ސްކޭމް ޖަރީމާތަކުގެ ދަންތުރައިގައި ޖައްސައި ގަދަކަމުން ކުށްތަކަށް އަރައިގަތުމަށް މަޖުބޫރުކުރުވާ މިންވަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

އިންސާނީ ވަގުފާރިއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖުގައި އިންސާނީ ކަރާމާތް ޙިމާޔަތްކޮށް އިންސާނީ ވަގުފާރީގެ ނުރައްކަލާ މެދު މުޅި މުޖުތަމަޢު ހޭލުންތެރިވެ ތިބުމަށް ގޮވާލައްވައިފިއެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވެފައިވަނީ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއާއި ޑިޖިޓަލް ފަންނިއްޔާތާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންސާނުންނަށް އަނިޔާކޮށް ނަފާ ހޯދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށެވެ. މިކަމުގައި ޖަމްޢިއްޔާތަކާއި ވަޒީފާދޭ ފަރާތްތަކާއި ޤާނޫނީ މުއައްސަސާތަކާއި ހުރިހާ ރައްޔިތުން ހޭލައި ތިބެންޖެހޭ ކަމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މި އަހަރުގެ ޝިއާރު ކަމަށްވާ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ރަމްޒުކޮށްދެނީ ކުށުގެ ވިއުގަތަކުން ފަންނިއްޔާތުގެ ނާޖާއިޒު ބޭނުން ހިފައި ނާޒުކު ޙާލަތުގައި ތިބޭ މީހުން ސްކޭމް ޖަރީމާތަކުގެ ދަންތުރައިގައި ޖައްސައި ގަދަކަމުން ކުށްތަކަށް އަރައިގަތުމަށް މަޖުބޫރުކުރުވާ މިންވަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސަރަޙައްދީ އިމުގެ ތެރޭގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެ ޙައްޤުތައް ނެގެހެއްޓުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ މިހާތަނަށް އެޅުއްވި ފިޔަވަޅުތައް ރައީސް ތަފްޞީލުކޮށްދެއްވިއެވެ. އޭގެ ތެރޭގައި ސައްޙަ ނޫން ވަރކް ޕާމިޓްގެ މައްސަލަ ޙައްލުކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް ޑޭޓާ ހަރުދަނާ ގޮތެއްގައި އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގި" ހިމެނެއެވެ. ހަމައެއާއެކު މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވައިލުމާއި މި ދާއިރާއިން ކުރެވުނު މަސައްކަތުގެ ފުރަތަމަ އަހަރީ ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ފާހަގަކޮށްލެވޭ ފިޔަވަޅުތައް އަޅުއްވާފައިވެއެވެ. އަދި ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަލުން އެކުލަވައިލައްވައި އަނިޔާ ލިބޭ ބިދޭސީ މަސައްކަތްތެރިންނަށް އެހީވުމަށް މައިގްރެންޓް ވަރކަރސް ރިސޯސް ސެންޓަރާއި މައިގްރެންޓް ކަނެކްޓް ޕޯޓަލް ޤާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން 2026 އިން 2029 އަށް ކަނޑައެޅި މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭނަކީ އަނިޔާ ލިބޭ ފަރާތްތައް ދެނެގަނެ ރައްކާތެރިކަން ދިނުމާއި ތަޙުޤީޤާއި ދަޢުވާކުރުމުގެ ނިޒާމު ވަރުގަދަކޮށް ބައިނަލްއަޤުވާމީ ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމަށް ލިބުނު ސާފު މަގުޗާޓެއް ކަމަށް ރައީސް ސިފަކުރެއްވިއެވެ. ކުރިއެރުންތައް ލިބިފައިވީ ނަމަވެސް ގޮންޖެހުންތައް އަދިވެސް ހުރިކަން ޤަބޫލުފުޅުކުރައްވައި މިކަމުގައި ކާމިޔާބު ހޯދެވޭނީ ތަފާތު ދާއިރާތަކާއި ބޯޑަރުތައް ހުރަސްކޮށް ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވިއެވެ.

ރައީސް ވަނީ ތަރައްޤީއާ އެއް ހަމައެއްގައި ޢަދުލުއިންޞާފު ކަށަވަރުވެ ކޮންމެ ފަރުދަކާ މެދުވެސް ޤަދަރާއި އިޙްތިރާމާއެކު މުޢާމަލާތްކުރެވޭ ރާއްޖެއެއް ބިނާކުރުމުގެ ޢަޒުމް އައު ކުރެއްވުމަށް ހުރިހާ މުއައްސަސާތަކަށް ގޮވާލައްވައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް