މައިގަނޑު ބަޔަށް ދާން

ހަބަރު

ވީއައިއޭގެ ޓްރާންޝިޕްމަންޓް ކާގޯ 2،000 ޓަނު ފަހަނައަޅައި ތާރީޚީ ރެކޯޑެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ )އެމްއޭސީއެލް( އިން ހާމަކުރި ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި މި މިންވަރަށް މުދާ ބޭރުކުރެވުނީ ފުރަތަމަ ފަހަރަށެވެ.

އަހުމަދު އާހިލް ސައީދު

ބްރިޓިޝް އެއަރވޭސް؛ ފޮޓޯ / ކޯޕަރޭޓް މޯލްޑިވްސް
ބްރިޓިޝް އެއަރވޭސް؛ ފޮޓޯ / ކޯޕަރޭޓް މޯލްޑިވްސް

މިދިޔަ މަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2,000 ޓަނަށްވުރެ މައްޗަށް އެރައި އެ އެއަރޕޯޓުގެ ތާރީޚުގައި ދުވަހަކުވެސް ނުދެކޭ ފަދަ ރެކޯޑެއް ގާއިމުވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި މި މިންވަރަށް މުދާ ބޭރުކުރެވުނީ ފުރަތަމަ ފަހަރަށެވެ.

މި ކާމިޔާބީއާ އެކު ވީއައިއޭގައި ކުރިން ހެދިފައި ހުރި ހުރިހާ ރެކޯޑެއް ވަނީ މުގުރާލެވިފައެވެ.

ސީ-ޓު-އެއާ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި އެމްއޭސީއެލުން މި ނަތީޖާ ސިފަކުރެއެވެ.

މިއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތް ފުޅާވަމުން އަންނަކަން ދައްކައިދޭ މުހިންމު ކާމިޔާބީއެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.