މައިގަނޑު ބަޔަށް ދާން

ހަބަރު

ޒުވާނުންނަށް ކުރާ މަސައްކަތުން ރަނގަޅު ނަތީޖާ ފެންނާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. ޒުވާނުންނާ ގުޅޭ ގޮތުން ޚާއްޞަކުރެވުނު މި އެޕިސޯޑްގައި ޒުވާނުންގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޖަވާބު ދެއްވިއެވެ. ތަޢުލީމީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ފަހިކުރުމަށް ހިންގާ މަސައްކަތްތަކުގެ ތަފްޞީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އަހުމަދު އާހިލް ސައީދު

ރައީސް، ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް
ރައީސް، ޑރ. މުޙައްމަދު މުޢިއްޒު؛ ފޮޓޯ / ރައީސް އޮފީސް

ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކުން އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ފަސްވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމު ބިނާކުރުމުގެ މަސައްކަތުގައި ޒުވާނުންގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. ޒުވާނުންނާ ގުޅޭ ގޮތުން ޚާއްޞަކުރެވުނު މި އެޕިސޯޑްގައި ޒުވާނުންގެ ކަންބޮޑުވުންތައް އައްސަވައި އެކަންކަމަށް ޖަވާބު ދެއްވިއެވެ. ތަޢުލީމީ ދާއިރާއާއި އިޤްތިޞާދީ ދާއިރާއިން ޒުވާނުންނަށް ފުރުޞަތު ފަހިކުރުމަށް ހިންގާ މަސައްކަތްތަކުގެ ތަފްޞީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

ކުޅިވަރު ކުޅެވޭނެ ވަޞީލަތްތައް ރާއްޖެ ކުރިން ނުދެކޭ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މި މަޝްރޫޢުތައް ހަމައެކަނި މާލެއަށް ޚާއްޞަ ނުކޮށް މުޅި ރާއްޖެއަށް ފެތުރިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ދާއިރު އެ މަޝްރޫޢުތައް ކާމިޔާބު ކަމާއެކު ނިމިފައި ހުންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްވެސް ވަށާޖެހޭ މަސައްކަތްތަކެއް މިހާރު ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓަރުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ރަނގަޅު އާމްދަނީ ހޯދޭނެ މަގު ހުޅުވައިދިނުމަށް ލޯން ސްކީމްތައް ތައާރަފުކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ނިމެމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެހެންމެ 2030 އާ ހަމައަށް ޖީޑީޕީގެ 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުމުގެ އަމާޒަށް ވާޞިލުވުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް ބައްލަވައިލެއްވިއެވެ.

މި އެޕިސޯޑްގައި ނޫސްވެރިއެއްގެ ގޮތުން ބައިވެރިވެވަޑައިގެންފައި ވަނީ އެކި އެމްވީގެ ސީނިއަ ޖަރނަލިސްޓް ޙައްވާ ޝިފްލާއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.