މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނަށް ހަމަލާދިނުން މެދުކަނޑާލަން ޓްރަމްޕް އެމެރިކާ ސިފައިންނަށް އަންގައިފި

ނިއު ޔޯކް ޓައިމްސް އާއި އެކްސިއޮސް ނޫހުން ބުނާ ގޮތުގައި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމުން ޕެންޓަގަންގައި މިހާރުވެސް މަދުވެފައިވާ ޕެޓްރިއޮޓް މިސައިލް ދިފާޢީ ނިޒާމުގެ ހަތިޔާރާއި މެދުއިރުމަތީގެ ވައިގެ ދިފާޢީ ވަސީލަތްތައް ނުރައްކާ ވާ މިންވަރަކަށް ހުސްވެދާނެ ކަމުގެ ކަންބޮޑުވުމާ ގުޅިގެން ޓްރަމްޕް މި ނިންމެވުން ނިންމެވީއެވެ.

އަހުމަދު އާހިލް ސައީދު

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ޖެހިޖެހިގެން 13 ދުވަހު ދިން ހަމަލާތަކަށްފަހު އީރާނަށް އިތުރު ހަމަލާތައް ނުދީ މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ އަސްކަރިއްޔާއަށް މިއަދު އަމުރުކޮށްފައިވާ ކަމަށް އެމެރިކާގެ ބޮޑެތި ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ނިއު ޔޯކް ޓައިމްސް އާއި އެކްސިއޮސް ނޫހުން ބުނާ ގޮތުގައި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރުމުން ޕެންޓަގަންގައި މިހާރުވެސް މަދުވެފައިވާ ޕެޓްރިއޮޓް މިސައިލް ދިފާޢީ ނިޒާމުގެ ހަތިޔާރާއި މެދުއިރުމަތީގެ ވައިގެ ދިފާޢީ ވަސީލަތްތައް ނުރައްކާ ވާ މިންވަރަކަށް ހުސްވެދާނެ ކަމުގެ ކަންބޮޑުވުމާ ގުޅިގެން ޓްރަމްޕް މި ނިންމެވުން ނިންމެވީއެވެ.

ޓްރަމްޕް ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނީ ހުކުރު ދުވަހު ޓްރަމްޕާއި އޭނާގެ އިސް މުޝީރުންނާއި ކެބިނެޓުގެ ސީނިއާ މެންބަރުން ބައްދަލުކުރެއްވުމަކަށްފަހު މި ނިންމެވުން ނިންމެވީ ކަމަށެވެ.

ނަން ހާމަ ނުކުރާ ދެ ފަރާތަކާ ހަވާލާދީ އެކްސިއޮސް ނޫހުން ރިޕޯޓުކުރާ ގޮތުގައި ހަމަލާތައް ހުއްޓާލުމުގެ އަމުރަކީ ވަގުތީ ނިންމެވުމެއް ކަމެއް ނުވަތަ ދާއިމީ ބަދަލެއް ކަމެއް ސާފެއް ނޫނެވެ. އެ ނޫހުން ބުނި ގޮތުގައި މި ނިންމެވުމުން ދައްކައިދެނީ ޑިޕްލޮމެސީއަށް ޖާގަ ދެއްވުމަށް ޓްރަމްޕް ބޭނުންވާ ކަމާއި އެމެރިކާގެ ހަމަލާތައް މިހާރު އޭގެ އެންމެ ބޮޑު ނަތީޖާ ނެރެވޭ ހިސާބަށް ވާސިލުވެފައިވާ ކަން ޤަބޫލުކުރައްވާ ކަމެވެ.

މީގެ އިތުރުން ބޮޑެތި ހަނގުރާމައިގެ ޢަމަލިއްޔާތުތަކަށް އެނބުރި ދާންޖެހިދާނެ ފަދަ ޙާލަތަކަށް ތައްޔާރުވެ އެމެރިކާގެ އަސްކަރިއްޔާއިން ޕްލޭންތައް ތައްޔާރުކުރަމުންދާ ކަމަށްވެސް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައިގައި ޓްރަމްޕް އިތުރު ނިންމެވުންތައް ނިންމަވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.