މައިގަނޑު ބަޔަށް ދާން

ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއެކު މަޝްވަރާ ކުރިއަށްދާ ކަމަށް އީރާނުން ބުނެފި

ފާއިތުވި ހަފުތާގައި ފެށި މި މަޝްވަރާތަކާ ގުޅޭ ގޮތުން ބަޣާއީ ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ބައިނަލްއަޤުވާމީ ޝިޕިންގަށް ބުރޫ އެރުމުގެ ފުރިހަމަ ޒިންމާ އެމެރިކާއާއި އިސްރާއީލުގެ ބޮލުގައި އަޅުވާފައެވެ.

އަހުމަދު އާހިލް ސައީދު

އީރާންގެ ދިދަ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
އީރާންގެ ދިދަ؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ހޮރްމޫޒް ކަނޑުއޮޅީގެ ހާލަތާ ގުޅޭ ގޮތުން އޮމާންގެ އޮފިޝަލުންނާއެކު ޓެހެރާންގައި ކުރިއަށްދާ މަޝްވަރާތައް ބައެއް ބުރުތައް ނިމި އިތުރު ބައްދަލުވުންތައް ބުރާސްފަތި ދުވަހު ބާއްވާފައިވާ ކަމަށް އީރާންގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވެއްޖެއެވެ.

ފާއިތުވި ހަފުތާގައި ފެށި މި މަޝްވަރާތަކާ ގުޅޭ ގޮތުން ބަޣާއީ ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާއި ބައިނަލްއަޤުވާމީ ޝިޕިންގަށް ބުރޫ އެރުމުގެ ފުރިހަމަ ޒިންމާ އެމެރިކާއާއި އިސްރާއީލުގެ ބޮލުގައި އަޅުވާފައެވެ.

އީލްނާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ބަޣާއީ ވިދާޅުވީ "ސާފުވާ ކަމަކީ މިވަގުތު ހޮރްމޫޒް ކަނޑުއޮޅި ބަންދުވެފައި ވަނީ އެމެރިކާގެ ޢަމަލުތަކުގެ ސަބަބުންނާއި އެ ކަނޑުމަގަށް އެމެރިކާ ގެނެސްފައިވާ ބިރުވެރިކަމުގެ ސަބަބުން" ކަމަށެވެ.

އަދި "ބައިނަލްއަޤުވާމީ ޝިޕިންގަށް ގެއްލުންވަމުން ދަނީ ހަމައެކަނި އެމެރިކާގެ ޢަމަލުތަކުގެ ސަބަބުން" ކަމަށްވެސް ވިދާޅުވިއެވެ.

މާޗު 28 ގައި ފެށިގެން އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ "އަސްކަރީ ޢުދުވާން"ގެ ނަތީޖާ ކަމަށް ބަޣާއީ ސިފަކުރެއްވީ ތެޔޮ ބޯޓުފަހަރަށް ދެވޭ ހަމަލާތަކާއި ބަނދަރުތަކާއި ދަތުރުކުރާ މަގުތައް ޣައިރު ޤާނޫނީ ގޮތެއްގައި ބަންދުކުރުމާއި އީރާނަށް ދެމުންދާ ހަމަލާތައް ހިމެނޭ ހާދިސާތަކެވެ. މި މައްސަލައިގައި މަޝްވަރާގެ އެކި ބުރުތައް އަދިވެސް ކުރިއަށްދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.