މައިގަނޑު ބަޔަށް ދާން

ހަބަރު

ވިލިނގިލީ އެއާޕޯޓާއި 17 ރިސޯޓުގެ މަޝްރޫޢު އައު ކުންފުންޏަކާ ހަވާލުކޮށް ނޮވެމްބަރުގައި ފަށަނީ

ގއ. ވިލިނގިލީގައި އެއާޕޯޓެއް އެޅުމާއި 17 ރިސޯޓު ތަރައްޤީކުރުމަށް ބެލްޖިއަމްގެ ބީސިކްސް ގްރޫޕާ އެކު ހެދި އެއްބަސްވުން ބާތިލުކޮށް، އައު ކޮންޓްރެކްޓަރަކާ އެކު އެ މަޝްރޫޢު މި އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.

އަހުމަދު އާހިލް ސައީދު

ވިލިނގިލީ އެއާޕޯޓާއި 17 ރިސޯޓުގެ މަޝްރޫޢު އައު ކުންފުންޏަކާ ހަވާލުކޮށް ނޮވެމްބަރުގައި ފަށަނީ

ގއ. ވިލިނގިލީގައި އެއާޕޯޓެއް އެޅުމާއި 17 ރިސޯޓު ތަރައްޤީކުރުމަށް ބެލްޖިއަމްގެ ބީސިކްސް ގްރޫޕާ އެކު ހެދި އެއްބަސްވުން ބާތިލުކޮށް، އައު ކޮންޓްރެކްޓަރަކާ އެކު އެ މަޝްރޫޢު މި އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މި ވާހަކަ ހާމަކުރެއްވީ މިރޭ ބޭއްވި "އަހާ" ފޯރަމްގައި ޢާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ދުބާއީގެ ބުރުޖް ހަލީފާ ބިނާކުރި ބީސިކްސް ގްރޫޕާ އެކު ވެފައިވާ އެއްބަސްވުން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި، އައު ކޮންޓްރެކްޓަރަކާ އެކު މަޝްރޫޢު ފެށުމަށް ތައްޔާރީތައް ވަމުންދާ ކަމަށެވެ. ނަމަވެސް އައު ކޮންޓްރެކްޓަރާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ.

މި މަޝްރޫޢުގައި ސޮއިކުރީ 22 ފެބްރުއަރީ 2024 ގައި ރައީސް މުޢިއްޒު ވިލިނގިލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މި މަޝްރޫޢަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓުކޮށްގެން ހިންގާ ގޮތަށް ރޭވި ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ވިލިނގިއްޔާއި އެއާޕޯޓު އަޅާ ރަށް 17 ކިލޯމީޓަރުގެ ކޯޒްވޭއަކުން ގުޅައިލާ ގޮތަށް ރާވާފައިވެއެވެ. އެ އެއާޕޯޓަކީ ޒަމާނީ ހުރިހާ ވަސީލަތެއް ހިމެނޭ ބައިނަލްއަޤުވާމީ އެއާޕޯޓެއް ކަމަށާއި، ވިލިނގިލީ ފަޅުގައި އަށް ޕްރައިވެޓް އައިލެންޑާއި ބޮޑު ނުވަ ރިސޯޓު ހިމެނޭ 17 ރަށް ތަރައްޤީކުރާނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ. މި މަޝްރޫޢާ އެކު ހުވަދޫގެ އެނދުގެ ޢަދަދު 5،000 އަށް އިތުރުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.