މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާނަށް ދިން ހަމަލާތަކުގައި ކުވެއިތުގެ ބައިވެރިވުމެއް ނެތް ކަމަށް ބުނެފި

އެމެރިކާގައި ހުންނަވާ ކުވެއިތުގެ ސަފީރު ޝެއިޚާ އަލް-ޒައިން އަލް-ސަބާހް ވަނީ އެ ނޫހުގެ އެޑިޓޯރިއަލް ބޯޑަށް ސިޓީފުޅެއް ފޮނުއްވައި އެ ރިޕޯޓަކީ "އެއްވެސް އަސާސެއް ނެތް" ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ކުވެއިތުގެ ރަސްމީ ނޫސް އެޖެންސީ ބުނި ގޮތުގައި އީރާނާ ދެކޮޅު އެއްވެސް އަސްކަރީ ހަރަކާތެއްގައި ކުވެއިތުން ބައިވެރިނުވާ ކަމަށާއި ހަމަލާދޭ އޮޕަރޭޝަންތައް ހިންގުމަށް ކުވެއިތުގެ ބިމާއި ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ސަފީރު ކަށަވަރުކޮށްދެއްވި ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ކުވައިތު؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ކުވައިތު؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި ކުވެއިތުން ހަނގުރާމަމަތީ ބޯޓުތައް ފޮނުވި ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ޖެހި ރިޕޯޓް ކުވެއިތުގެ ސަފީރު ދޮގުކުރައްވައިފިއެވެ.

އެމެރިކާގައި ހުންނަވާ ކުވެއިތުގެ ސަފީރު ޝެއިޚާ އަލް-ޒައިން އަލް-ސަބާހް ވަނީ އެ ނޫހުގެ އެޑިޓޯރިއަލް ބޯޑަށް ސިޓީފުޅެއް ފޮނުއްވައި އެ ރިޕޯޓަކީ "އެއްވެސް އަސާސެއް ނެތް" ވާހަކައެއް ކަމަށް ވިދާޅުވެފައެވެ. ކުވެއިތުގެ ރަސްމީ ނޫސް އެޖެންސީ ބުނި ގޮތުގައި އީރާނާ ދެކޮޅު އެއްވެސް އަސްކަރީ ހަރަކާތެއްގައި ކުވެއިތުން ބައިވެރިނުވާ ކަމަށާއި ހަމަލާދޭ އޮޕަރޭޝަންތައް ހިންގުމަށް ކުވެއިތުގެ ބިމާއި ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ސަފީރު ކަށަވަރުކޮށްދެއްވި ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތްތަކަށް ކަމަށް ބުނެ އީރާނުން މިސައިލާއި ޑްރޯން ހަމަލާ ދިނުމާ ގުޅިގެން ކުވެއިތާއި ބަޙްރައިނުން އީރާނުގެ އެތެރޭގެ ތަންތަނަށް ހަމަލާ ދިނުމަށް ހަނގުރާމަމަތީ ބޯޓުތައް ފޮނުވިއެވެ.

އީރާނުން ބުނެފައިވާ ގޮތުގައި އެ ހަމަލާތައް ދިނީ އެމެރިކާއިން އީރާނުގެ ސިޓީތަކަށް ދިން ހަމަލާތަކުގެ ރައްދެއްގެ ގޮތުގައެވެ. ޖާނަލްގެ ރިޕޯޓް ބިނާކޮށްފައިވަނީ މައްސަލައިގެ މަޢުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީއެވެ.

މި މައްސަލާގައި ކުވެއިތުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޤައުމުގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.