މައިގަނޑު ބަޔަށް ދާން

ހަބަރު

ހުޅުމާލެ މާރުކޭޓުގައި ގަވާއިދާ ޚިލާފު 20 ބިދޭސީއަކު ހައްޔަރުކޮށްފި

މި އޮޕަރޭޝަންގައި އެ މާރުކޭޓުގައި މަސައްކަތް ކުރަމުން ދިޔަ ޖުމުލަ 55 ބިދޭސީންގެ ލިޔެކިޔުންތައް ބެލިއެވެ. އޭގެ ތެރެއިން ޤާނޫނީ ގޮތުން ފުރިހަމަ ނޫން 20 މީހެއް ވަނީ ހިފެހެއްޓިފައެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދައި ފޮނުވާލުމަށް އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ.

އަހުމަދު އާހިލް ސައީދު

އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން
އިއްޔެ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން

އިއްޔެ ހުޅުމާލެ ރަށު މާރުކޭޓުގައި އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޤާނޫނާ ޚިލާފަށް ރާއްޖޭގައި ތިބި 20 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންގައި އެ މާރުކޭޓުގައި މަސައްކަތް ކުރަމުން ދިޔަ ޖުމުލަ 55 ބިދޭސީންގެ ލިޔެކިޔުންތައް ބެލިއެވެ. އޭގެ ތެރެއިން ޤާނޫނީ ގޮތުން ފުރިހަމަ ނޫން 20 މީހެއް ވަނީ ހިފެހެއްޓިފައެވެ. މިއީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދައި ފޮނުވާލުމަށް އިމިގްރޭޝަނުން ސިލްސިލާކޮށް ކުރިއަށް ގެންދާ މަސައްކަތުގެ ބައެކެވެ.

ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކް މަޢުލޫމާތު ނެގުމަށް 2024 ވަނަ އަހަރުގެ މެއި މަހު "ކުރަނގި އޮޕަރޭޝަން"ގެ ނަމުގައި ފެށި ޕްރޮގްރާމެއް މެދުވެރިކޮށް ޤާނޫނީ އޮނިގަނޑުގެ ތެރެއަށް ވަނުމުގެ ފުރުސަތު ބިދޭސީންނަށް ދެވުނެވެ. މިހާތަނަށް 191723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނެގައި ޑޭޓާބޭސް ވަނީ އަދާހަމަކޮށްފައެވެ.

ނޮވެމްބަރު 17 2023 އިން ފެށިގެން މިއަހަރުގެ ޖޫން 13 ގެ ނިޔަލަށް ޤަވާއިދާ ޚިލާފަށް ތިބި 12552 ބިދޭސީއަކު ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ފޮނުވާލި މީހުންގެ ތެރޭގައި ޑީޕޯޓުކުރެވުނު ފަރާތްތަކާއި އެ ނޫން ގޮތްގޮތުން ފުރުވާލެވުނު މީހުން ހިމެނޭ ކަމަށާއި ޑީޕޯޓުކުރެވުނު ފަރާތްތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ލިޔެކިޔުން ފުރިހަމަ ނޫން ގިނަ ޢަދަދެއްގެ މީހުން ހިމެނޭ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ މިނިސްޓްރީން ބުނެފައިވެއެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ޚާއްޞަ މަސައްކަތްތައް އެކި ސަރަޙައްދުތަކުގައި ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.