މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޔޫއޭއީގައި ޕެޕްޓައިޑް އިންޖެކްޝަން އަމިއްލައަށް ޖެހުމުގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން އިންޒާރުދީފި

ބަރުދަން ލުއިކުރުމާއި ހަށިގަނޑު ޒުވާންކޮށް ބެހެއްޓުމާއި މަސްތައް ވަރުގަދަކުރުމުގެ ބޭނުމުގައި ގިނަ ބަޔަކު ޑޮކްޓަރެއްގެ ލަފާ ނެތި އޮންލައިން ވިޔަފާރިވެރިންނާއި އިންފްލުއެންސަރުންގެ ބަސް ޤަބޫލުކޮށް ޕެޕްޓައިޑް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ޑޮކްޓަރުން ބުނެއެވެ. މެޓަބޮލިކް ކްލިނިކްގެ މެޑިކަލް ޑައިރެކްޓަރު ޑރ. ޔޫސުފް ސައީދު ވިދާޅުވީ އެންމެ ބޮޑު ނުރައްކަލަކީ ބޭހެއް ނޫން ކަމަށާއި ޓެސްޓެއް ހެދުމެއް ނެތި ހަށިގަނޑަށް ކުރާ އަސަރު ނޭނގި ޖެހުން ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ޕެޕްޓައިޑް ތެރަޕީ؛ ފޮޓޯ / ޔޯކް ރިހާބް ކްލިނިކް
ޕެޕްޓައިޑް ތެރަޕީ؛ ފޮޓޯ / ޔޯކް ރިހާބް ކްލިނިކް

ސޯޝަލް މީޑިއާ މެދުވެރިކޮށް ހުއްދަ ނެތް ޕެޕްޓައިޑް ބޭސް ވިއްކަމުންދިޔަ 71 ފަރާތަކާއި 14 އިންފްލުއެންސަރަކާ ދެކޮޅަށް ޔޫއޭއީގެ އެމިރޭޓްސް ޑްރަގް އެސްޓެބްލިޝްމެންޓުން ފިޔަވަޅު އެޅުމާ ގުޅިގެން ޑޮކްޓަރުންގެ ފަރާތުން ރައްޔިތުންނަށް ބޮޑެތި އިންޒާރުތަކެއް ދީފައިވާ ކަމަށް ޚަލީޖް ޓައިމްސް އިން ރިޕޯޓްކޮށްފިއެވެ.

ބަރުދަން ލުއިކުރުމާއި ހަށިގަނޑު ޒުވާންކޮށް ބެހެއްޓުމާއި މަސްތައް ވަރުގަދަކުރުމުގެ ބޭނުމުގައި ގިނަ ބަޔަކު ޑޮކްޓަރެއްގެ ލަފާ ނެތި އޮންލައިން ވިޔަފާރިވެރިންނާއި އިންފްލުއެންސަރުންގެ ބަސް ޤަބޫލުކޮށް ޕެޕްޓައިޑް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ޑޮކްޓަރުން ބުނެއެވެ. މެޓަބޮލިކް ކްލިނިކްގެ މެޑިކަލް ޑައިރެކްޓަރު ޑރ. ޔޫސުފް ސައީދު ވިދާޅުވީ އެންމެ ބޮޑު ނުރައްކަލަކީ ބޭހެއް ނޫން ކަމަށާއި ޓެސްޓެއް ހެދުމެއް ނެތި ހަށިގަނޑަށް ކުރާ އަސަރު ނޭނގި ޖެހުން ކަމަށެވެ.

"ދެ ބައިކުޅަ ބޮޑު ބައިގެ ނުރައްކަލަކީ ހަމައެކަނި ބޭހެއް ނޫން. ލޭގެ ބެސްލައިން ޓެސްޓެއް ނެތި މޮނިޓަރިންގއެއް ނެތި ފުރަމޭ ހަކުރު ނުވަތަ ހޯމޯންތަކަށް ކުރާ އަސަރު ނޭނގި ބޭނުންކުރުން" ޑރ. ޔޫސުފް ވިދާޅުވިއެވެ. ބައެއް ބަލިމީހުންނަށް ބަނޑުގެ މައްސަލަތަކާއި ހޯމޯންގެ ބަދަލުތައް ކުރިމަތިވެފައިވާ ކަމަށާއި ގިނަ ފަހަރު މައްސަލައަކީ ބޭހުގެ ވިހައެއް ނޫން ކަމަށާއި ރަނގަޅު ޑައެގްނޯސިސްއެއް ނެތި ގޯސް ފަރުވާ ބޭނުންކުރެވުން ކަމަށް އޭނާ ބުންޏެވެ.

އެ ކްލިނިކްގެ އެންޑޮކްރައިނޮލޮޖިސްޓް ޑރ. އިސްމާޢީލް އަރްސްލާން ފާހަގަކުރެއްވީ ޕެޕްޓައިޑް ތެރެޕީ ފެށުމުގެ ކުރިން ފުރަމެއާއި ކިޑްނީއާއި ތައިރޮއިޑާއި ހަކުރުގެ ޓެސްޓުތައް ހެދުން ލާޒިމު ކަމަށެވެ. ނުރެގިއުލޭޓެޑް ތަނަކުން ހޯދާ ޕެޕްޓައިޑް ފޭކު ވެދާނެ ކަމާއި ތަޣައްޔަރުވެފައި ހުރެދާނެ ކަމާއި ޑޯޒް ގޯސްވެފައި ހުރެދާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ނަފްސާނީ ޢިލްމުވެރިޔާ ހިބާ ބަދަވީ ފާހަގަކުރެއްވި ގޮތުގައި އިންފްލުއެންސަރުންގެ ބަހަށް ބޮޑަށް ކިޔަމަންވެވެނީ ސައިކޮލޮޖީގެ ސަބަބުންނެވެ. "އިންފްލުއެންސަރު ވާހަކަ ދައްކަނީ ޖަޒުބާތުގެ ބަހުރުވައިން ޑޮކްޓަރު ވާހަކަ ދައްކަނީ ބުއްދީގެ ބަހުރުވައިން" އޭނާ ވިދާޅުވިއެވެ. އޭނާ ބުނީ މީހުން އަވަސް ނަތީޖާ ބޭނުންވެ މުސްކުޅިވުމާއި ބަލިކަށިވުމުގެ ބިރުން ޒުވާންކަން ވައުދުކުރާ ކޮންމެ ފަރާތެއް ޤަބޫލުކުރަން ތައްޔާރުވާ ކަމަށެވެ.

ފާމަސިސްޓް މުވައްފަޤް އަލްސާދިކް ބުނީ ލައިސެންސެޑް ފާމަސީތަކުން ލިބޭ ބޭހުގައި ރެގިއުލޭޓެޑް ސަޕްލައި ޗެއިނެއް މެދުވެރިކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭ ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކާ ބޭހުގައި އެފަދަ ޔަޤީންކަމެއް ނެތް ކަމަށެވެ. ޕެޕްޓައިޑް ފަރުވާ ބޭނުންކުރާ ނަމަ ރެގިއުލޭޓެޑް ސޯސްއަކުން ހޯދައި ރަނގަޅު މެޑިކަލް މޮނިޓަރިންގ ގެ ދަށުން ބޭނުންކުރުމުގެ މުހިންމުކަން ތަޖުރިބާކާރުން ތަކުރާރުކޮށް ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.