މައިގަނޑު ބަޔަށް ދާން

ހަބަރު

ޗައިނާ ސަފީރު މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖެއަށް ފޮނުއްވައިފި

އެކްސްގައި ޝާއިޢުކުރެއްވި މެސެޖުގައި ސަފީރު ވިދާޅުވީ މިނިވަންކަމުގެ ރޫޙުން ދިވެހި ރައްޔިތުންނަށް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ހިތްވަރު ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުން --
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކުރުން --

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއާންހުއާ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ހޫނު ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި.

އެކްސްގައި ޝާއިޢުކުރެއްވި މެސެޖުގައި ސަފީރު ވިދާޅުވީ މިނިވަންކަމުގެ ރޫޙުން ދިވެހި ރައްޔިތުންނަށް ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް ހިތްވަރު ލިބެމުންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ދެ ޤައުމުގެ ގުޅުމާ ބެހޭ ގޮތުން ސަފީރު ވިދާޅުވީ ޗައިނާ-ރާއްޖެ ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ކުރިއެރުވައި ދެ ޤައުމުގެ ރައްޔިތުންނަށް އިތުރު ފައިދާ ހޯދައިދިނުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށެވެ.

ޗައިނާ ސަފީރުގެ މި ތަހުނިޔާގެ މެސެޖު އައިސްފައި މިވަނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.