މައިގަނޑު ބަޔަށް ދާން

ދުނިޔެ

އިސްރާއީލުގެ ހަމަލާތަކާއި ވެސްޓް ބޭންކާއި ޣައްޒާގައި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް

އިސްރާއީލުގެ ފުލުހުންގެ ހިމާޔަތުގައި ހަރަކާތްތެރިވި އާބާދީ ވެރިން އަލް-މުޣައްޔިރް އަވަށަށް ވަދެ އުމުރުން 10 އަހަރުގެ ޕަލެސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖެހި ކަމަށް ވަފާ ނޫސް އެޖެންސީން ރިޕޯޓްކުރިއެވެ. ނާބުލުސްގެ ދެކުނުގައި އޮންނަ އަވާރްތާ ޗެކްޕޮއިންޓް ކައިރިން އިސްރާއީލު ސިފައިން ޕަލެސްތީނުގެ ފިރިހެނަކަށް ހަމަލާ ދިން ކަމަށްވެސް ވަފާ އިން ބުނި. ޕަލެސްތީން ރެޑް ކްރެސެންޓުގެ ނާބުލުސް އެމްބިޔުލެންސް ސެންޓަރުގެ ޑައިރެކްޓަރު އަމްޖަދް އަޙްމަދު ވިދާޅުވީ 22 އަހަރުގެ ޒުވާނަކަށް ހަމަލާ ލިބިގެން ފަރުވާ ދީފައިވާ ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ޣައްޒާ؛ ފޮޓޯ / ވީއެސްޖޭ
ޣައްޒާ؛ ފޮޓޯ / ވީއެސްޖޭ

އިސްރާއީލުގެ އާބާދީ ވެރިންނާއި ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހުކުރު ދުވަހުވެސް ޕަލެސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކާއި ހައްޔަރުކުރުމުގެ އޮޕަރޭޝަންތައް ހިންގައިފިއެވެ.

އިސްރާއީލުގެ ފުލުހުންގެ ހިމާޔަތުގައި ހަރަކާތްތެރިވި އާބާދީ ވެރިން އަލް-މުޣައްޔިރް އަވަށަށް ވަދެ އުމުރުން 10 އަހަރުގެ ޕަލެސްތީނުގެ ކުޑަކުއްޖެއްގެ ގަޔަށް ބަޑި ޖެހި ކަމަށް ވަފާ ނޫސް އެޖެންސީން ރިޕޯޓްކުރިއެވެ. ނާބުލުސްގެ ދެކުނުގައި އޮންނަ އަވާރްތާ ޗެކްޕޮއިންޓް ކައިރިން އިސްރާއީލު ސިފައިން ޕަލެސްތީނުގެ ފިރިހެނަކަށް ހަމަލާ ދިން ކަމަށްވެސް ވަފާ އިން ބުނި. ޕަލެސްތީން ރެޑް ކްރެސެންޓުގެ ނާބުލުސް އެމްބިޔުލެންސް ސެންޓަރުގެ ޑައިރެކްޓަރު އަމްޖަދް އަޙްމަދު ވިދާޅުވީ 22 އަހަރުގެ ޒުވާނަކަށް ހަމަލާ ލިބިގެން ފަރުވާ ދީފައިވާ ކަމަށެވެ.

ނާބުލުސް ކައިރީ ތެލް ސަރަޙައްދުގައި ދާދި ކޮންމެ ދުވަހަކު ރެއިޑްތަކާއި ހައްޔަރުކުރުމުގެ އޮޕަރޭޝަންތައް އިސްރާއީލު ސިފައިން ދަނީ ހިންގަމުންނެވެ. މީގެ ކުރީ ހަފުތާ ބަންދުގައި އެ ސަރަޙައްދުގައި އާބާދީ ވެރިން ދިން ހަމަލާއެއްގައި ޕަލެސްތީނުގެ ހަތަރު މީހުންނާއި އިސްރާއީލުގެ ދެ މީހުން މަރުވިއެވެ.

ޣައްޒާ ސިޓީގެ ސަބްރާ އަވަށަށް އިސްރާއީލުގެ ޑްރޯން ހަމަލާއެއް ދީ ޕަލެސްތީނުގެ މަދުވެގެން އެކެއް ޝަހީދުކޮށްލާފައިވާ ކަމަށް އެ ސަރަޙައްދުގެ އެމްބިޔުލެންސް ޚިދުމަތުގެ މަސައްކަތްތެރިޔަކު އަލްޖަޒީރާއަށް މަޢުލޫމާތު ދިނެވެ. އޭގެ ކުރިން ޣައްޒާގެ މެދުތެރޭ ސަލާޙުއްދީން މަގަށް ދިން ވައިގެ ހަމަލާއެއްގައިވެސް ޕަލެސްތީނުގެ އެކެއް ޝަހީދުވި ކަމަށް އަލް-އަޤްސާ މާޓައާޒް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނިއެވެ.

ހުޅަނގު އައްސޭރިއާއި ޣައްޒާ ދެ ސަރަޙައްދުގައިވެސް ޙާލަތު ގޯސްވެ ޢާންމުންނަށް އަމާޒުވާ ހަމަލާތައް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.