ރިޕޯޓް

ރާއްޖޭގައި ބޭބީ ފޯމިއުލާގެ އަގު ބޮޑުވުން؛ އާއިލާތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް

ރާއްޖޭގައި ބޭބީ ފޯމިއުލާގެ އަގު ބޮޑުވުން؛ އާއިލާތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް

Ahmed Aahil Saeed

22 July 2026

0
ރާއްޖޭގައި ބޭބީ ފޯމިއުލާގެ އަގު ބޮޑުވުން؛ އާއިލާތަކަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް

އެންފާ ގްރޯ އޭ+ ބޭބީ ފޯމިއުލާ؛ ފޮޓޯ / އެންފާ ގްރޯ

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި، ތަކެތި އެތެރެކުރުމަށް ހިނގާ ޚަރަދުތައް އިތުރުވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް އެތެރެކުރާ އެކި ބްރޭންޑްތަކުގެ ކުޑަކުދިންގެ ކިރުގެ އަގު ވަނީ ފާއިތުވި ދުވަސްތަކުގައި މަތިވެފައެވެ.

ދިވެހިރާއްޖޭގެ ބާޒާރުގައި ކުޑަކުދިންނަށް ދޭ "ބޭބީ ފޯމިއުލާ" ނުވަތަ ބޯކިރުގެ އަގުތައް ވަރަށް ބޮޑަށް އުފުލި، އާންމު އާއިލާތަކަށް އެތަކެތި ގަންނަން އުނދަގޫ މިންވަރަކަށް ވަނީ އަގުތައް އުފުލިފައެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމާއި، ތަކެތި އެތެރެކުރުމަށް ހިނގާ ޚަރަދުތައް އިތުރުވުމުގެ ސަބަބުން، ދިވެހިރާއްޖެއަށް އެތެރެކުރާ އެކި ބްރޭންޑްތަކުގެ ކުޑަކުދިންގެ ކިރުގެ އަގު ވަނީ ފާއިތުވި ދުވަސްތަކުގައި މަތިވެފައެވެ.

ޅަފަތުގެ ކުދިންނަށް ބޭބީ ފޯމިއުލާއަކީ އަސާސީ ބޭނުންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަސީލަތެވެ. މައިކިރު ދިނުމަށް އުނދަގޫވާ ހާލަތްތަކުގައްޔާއި ނުވަތަ މައިކިރު ނުލިބޭ ހާލަތްތަކުގައި، ތުއްތުކުދިންގެ ހަށިގަނޑަށް ބޭނުންވާ މާއްދާތަކާއި ނިއުޓްރިޝަން ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އުފެއްދުމަކީ އެއީއެވެ. އެހެންކަމުން، ކުޑަކުދިންގެ ކިރަކީ އިޚްތިޔާރީ އުފެއްދުމެއްގެ ބަދަލުގައި، އެ ކުދިންގެ ދިރިއުޅުމަށާއި ބޮޑުވުމަށް ކޮންމެހެން ބޭނުންތެރި އަސާސީ އެއްޗެކެވެ.

ބޮޑެތި މީހުން ބޭނުންކުރާ ކިރާއި، ޅަފަތުގެ ކުދިން ބޭނުންކުރާ ފޯމިއުލާ ކިރުގެ ތަފާތަކީ، ތުއްތުކުދިންގެ ހަށިގަނޑުގެ ހަޖަމުކުރުމުގެ ނިޒާމު ފުރިހަމައަށް އުފެދިފައި ނުވުމެވެ. ބޮޑެތި މީހުންނަށް ކިރުގެ ބަދަލުގައި އެހެނިހެން ކާނާގެ ބާވަތްތައް ނުވަތަ ތަފާތު ބުއިންތައް ބޭނުންކުރެވުނު ކަމުގައި ވިޔަސް، އުމުރުން ހަ މަސް ނުވާ ތުއްތުކުދިންނަށް ބޭބީ ފޯމިއުލާ ނޫން އެހެން އެއްވެސް ބަދަލު ކާނާއެއް ދިނުމަކީ ސިއްހީ ގޮތުން ރައްކާތެރި ކަމެއް ނޫނެވެ. އާދައިގެ ގެރިކިރު ނުވަތަ އެހެން ބުއިންތައް ދިނުމަކީ ތުއްތުކުދިންގެ ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

ރާއްޖޭގެ ބާޒާރުގައި ކުޑަކުދިންގެ ކިރުގެ އަގު ބޮޑުވުމުގެ ސަބަބުން، ތުއްތު ކުދިން ތިބޭ އާއިލާތަކުގެ ޚަރަދުތަކަށް ވަނީ ބޮޑު ބުރައެއް އުފުލަންޖެހިފައެވެ. އެއް ކުއްޖަކަށް މަހެއްގެ މައްޗަށް ބޭނުންވާ ކިރު ދަޅުތަކަށް ހިނގާ ޚަރަދު އިތުރުވުމާ ގުޅިގެން، ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް އެތަކެތި ގަތުމަށް ދަތިތަކާ ކުރިމަތިވެއެވެ. މިއީ ހަމައެކަނި ވިޔަފާރީގެ މައްސަލައެއްގެ އިތުރުން، އާއިލާތަކުގެ އިޖުތިމާއީ އަދި މާލީ ހާލަތަށް އެކަމުގެ އަސަރު ފޯރާ މައްސަލައެކެވެ.

ރާއްޖެއަކީ ބޭރު ގުޅުންތަކާއި އެތެރެކުރެވޭ މުދަލަށް ބަރޯސާވާ ގައުމަކަށްވާތީ، ދުނިޔޭގެ ބާޒާރުގައި ހިނގާ ބަދަލުތަކުގެ އަސަރު ސީދާ ދިވެހި ބާޒާރަށް ކުރެއެވެ. ކުޑަކުދިންގެ ކިރުގެ އަގުތައް ކޮންޓްރޯލްކުރުމަށާއި، އަސާސީ ކާނާގެ ގޮތުގައި ބެލެވޭ މިފަދަ ތަކެތި އާންމުންނަށް އަތްފޯރާފަށުގައި ފޯރުކޮށްދިނުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަންޖެހެއެވެ.

ރާއްޖޭގެ ބާޒާރުގައި މިހާރު އެންފާ ގްރޯ 800 ގްރާމްގެ ބޭބީ ފޯމިއުލާ ދަޅެއް މިހާރު ލިބެނީ ގާތްގަނޑަކަށް 545 ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް