މައިގަނޑު ބަޔަށް ދާން

ދުނިޔެ

ލުބުނާނުގެ ރައީސް ހަތިޔާރު ގެންގުޅެވޭނީ ހަމައެކަނި ޤައުމީ ސިފައިންނަށް ކަމަށް ވިދާޅުވެއްޖެ

ދައުލަތުގެ ބާރު ނޫން އެހެން އެއްވެސް ފަރާތެއްގެ ހަތިޔާރަށް ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ރައީސް ޢައުން ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ "ނިންމުންތައް ނިންމުމުގެ ބާރާއި ހަކަތައާއި ދައުލަތުގެ ހަމައެކަނި އަސްކަރީ ގޮފީގެ ގޮތުގައި ޙައްޤު ލިބިގެންވަނީ ހަމައެކަނި ސިފައިންނަށް" ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ލުބުނާނުގެ ރައީސް؛ ފޮޓޯ / އަލްޖަޒީރާ
ލުބުނާނުގެ ރައީސް؛ ފޮޓޯ / އަލްޖަޒީރާ

ލުބުނާނުގެ ރައީސް ޖޯސެފް ޢައުން އެ ޤައުމުގެ އަސްކަރިއްޔާ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ޤައުމުގެ ހަމައެކަނި ހަތިޔާރުއެޅި ބާރެއްގެ ގޮތުގައި އޮންނަންވާނީ ލުބުނާނުގެ ސިފައިން ކަމަށް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބާރު ނޫން އެހެން އެއްވެސް ފަރާތެއްގެ ހަތިޔާރަށް ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ރައީސް ޢައުން ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ "ނިންމުންތައް ނިންމުމުގެ ބާރާއި ހަކަތައާއި ދައުލަތުގެ ހަމައެކަނި އަސްކަރީ ގޮފީގެ ގޮތުގައި ޙައްޤު ލިބިގެންވަނީ ހަމައެކަނި ސިފައިންނަށް" ކަމަށެވެ.

އިސްރާއީލް ސިފައިން ދެކުނު ލުބުނާނުން ފޭބުމާ ގުޅިގެން އެ ސަރަޙައްދުތަކުގައި ލުބުނާނު ސިފައިންގެ ހަރަކާތް ފުޅާކުރައްވާނެ ކަމަށް ރައީސް ޢައުން ވިދާޅުވިއެވެ.

ކުރިއަށް އޮތް މަރުޙަލާގައި ބޭނުންވަނީ "ދައުލަތުގެ ސަރަޙައްދުތަކުގެ މައްޗަށް ހަމައެކަނި ދައުލަތުގެ ބާރު ފެތުރުން" ކަމަށާއި ޤައުމުގެ ސިޔާދަތު ޙިމާޔަތްކުރެވޭނީ ހަމައެކަނި ސިފައިންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޢައުންގެ މި ބަޔާން އައީ ލުބުނާނުގައި ދައުލަތުގެ އެކެއް ބާރުގެ ދަށަށް ހަތިޔާރު ގެންދިއުމުގެ ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.