މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޗައިނާއާ ގުޅުން ހުރި 22 އުޅަނދެއް ހޫޘީންގެ ހަމަލާއެއް ނެތި ބާބުލްމަންދަބް ހުރަސްކޮށްފި

ޖުލައި 20 ވަނަ ދުވަހު ހޫޘީން ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ޙިޞާރެއް އިޢުލާނުކުރި ފަހުން ޗައިނާއާ ގުޅުން ހުރި އުޅަނދުތަކަށް ތަފާތު ޤަވާޢިދުތަކެއް ހިނގާ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ވިންޑްވާޑުން ބުނެއެވެ.

އަހުމަދު އާހިލް ސައީދު

ބާބުލްމަންދަބް؛ ފޮޓޯ / ނޭޝަނަލް ޖިއޮގްރަފިކް
ބާބުލްމަންދަބް؛ ފޮޓޯ / ނޭޝަނަލް ޖިއޮގްރަފިކް

ހޫޘީން ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ޙިޞާރެއް އިޢުލާނުކުރި ފަހުން ޗައިނާއާ ގުޅިފައިވާ 22 އުޅަނދެއް އެއްވެސް ޙާދިސާއެއް ދިމާނުވެ ބާބުލްމަންދަބް ކަނޑުއޮޅިން ދަތުރުކޮށް ސައޫދީ ބަނދަރުތަކަށް ވަދެފައިވާ ކަމަށް މެރިޓައިމް އިންޓެލިޖެންސް ކުންފުނި ވިންޑްވާޑުން ހާމަކޮށްފިއެވެ.

ޖުލައި 20 ވަނަ ދުވަހު ހޫޘީން ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ޙިޞާރެއް އިޢުލާނުކުރި ފަހުން ޗައިނާއާ ގުޅުން ހުރި އުޅަނދުތަކަށް ތަފާތު ޤަވާޢިދުތަކެއް ހިނގާ ކަމުގެ ނިޝާންތައް ފެންނަ ކަމަށް ވިންޑްވާޑުން ބުނެއެވެ.

އެ ކުންފުނީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ޖުލައި 20 އިން އޮގަސްޓް 2 އާ ދެމެދު ޗައިނާއާ ގުޅިފައިވާ އުޅަނދުތައް އެއްވެސް ގެއްލުމެއް ނެތި ދަތުރުކުރި ދުވަސްވަރު ހޫޘީން ވަނީ ސައޫދީގެ ހަތަރު ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފައެވެ.

ހަމަ މި ފަދަ ޕެޓާނެއް އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅީގައިވެސް ފެންނަ ކަމަށް ވިންޑްވާޑުން ބުނެއެވެ. ހޮންގް ކޮންގްގެ ދިދަ ނަގައިގެން ދަތުރުކުރި ގާތްގަނޑަކަށް 333 މީޓަރު ދިގު ސުޕަރ ޓޭންކަރެއް ޖުލައި 30 އިން 31 އާ ދެމެދު ހޮރްމޫޒް ކަނޑުއޮޅިން ބޭރަށް ދަތުރުކުރީ އޭގެ އޮޓޮމެޓިކް ނިޒާމުން މެދުނުކެނޑި ސިގްނަލް ފޮނުވަމުން އަދި މަންޒިލްގެ ގޮތުގައި "ޗައިނީޒް ކްރޫ / އޯނަރ" ދައްކަމުންނެވެ.

މި ޓޭންކަރުގައި ޖުލައި 25 އިން 28 އާ ދެމެދު ޢިރާޤުގެ އަލް ބަޞްރާ ތެޔޮ ޓާމިނަލުން ގާތްގަނޑަކަށް 2.14 މިލިއަން ފީފާގެ ބަޞްރާ މީޑިއަމް ސާފުނުކުރާ ތެޔޮ ބަރުކޮށް މަންޒިލެއްގެ ގޮތުގައި ސިންގަޕޫރު ރެކޯޑްކޮށްފައިވެއެވެ. މި ހޯދުންތަކުން ދައްކާ ގޮތުގައި ރެޑް ސީ ސަރަޙައްދުގެ ނުރައްކާތެރި ކަނޑުގެ މާޙައުލުގައި ޗައިނާއާ ގުޅުން ހުރި އުޅަނދުތަކަށް ޚާއްޞަ ރައްކާތެރިކަމެއް ލިބެމުންދާ ކަމުގެ ހެކިތައް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.