ސަޕޯޓަރުންގެ އަތްތިލަބަޑި އުތުރު ކޮރެއާއާ އެއްގޮތް ކަމަށް ފަލާހު ވިދާޅުވެއްޖެ
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ފާހަގަކުރެއްވީ ރައީސް މުއިއްޒުގެ ނަންފުޅު ގެންނެވުމުން ސަޕޯޓަރުން ޖައްސަވާ އަތްތިލަބަޑީގެ ގޮތުން އެމަނިކުފާނު ދެކެ ލޯބިވާ މިންވަރު ހާމަވާ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވާހަކަ ދެއްކެވުމުން ސަޕޯޓަރުން އަތްޖަހާ ގޮތާއި މުއިއްޒުގެ ނަންފުޅު ވިދާޅުވުމުން ޖައްސަވާ އަތްތިލަބަޑި މުޅިން ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ. ޔާމީނުގެ ސަޕޯޓަރުން އަތްޖަހާ ގޮތުން އެމަނިކުފާނާ މެދު ރައްޔިތުން ނުރުހޭކަން ދޭހަވާ ކަމަށާއި އެ ގޮތް ވަރަށް ގޯސް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
އަހުމަދު އާހިލް ސައީދު
ރައީސް މުޙައްމަދު މުއިއްޒުގެ ނަންފުޅު ގެންނަވާ ކޮންމެ ފަހަރަކު ސަޕޯޓަރުން އަތްޖަހަނީ އުތުރު ކޮރެއާގެ ރައްޔިތުން އަތްޖަހާ ބީދައިން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ފާހަގަކުރެއްވީ ރައީސް މުއިއްޒުގެ ނަންފުޅު ގެންނެވުމުން ސަޕޯޓަރުން ޖައްސަވާ އަތްތިލަބަޑީގެ ގޮތުން އެމަނިކުފާނު ދެކެ ލޯބިވާ މިންވަރު ހާމަވާ ކަމަށެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވާހަކަ ދެއްކެވުމުން ސަޕޯޓަރުން އަތްޖަހާ ގޮތާއި މުއިއްޒުގެ ނަންފުޅު ވިދާޅުވުމުން ޖައްސަވާ އަތްތިލަބަޑި މުޅިން ތަފާތު ކަމަށް އޭނާ ވިދާޅުވިއެވެ. ޔާމީނުގެ ސަޕޯޓަރުން އަތްޖަހާ ގޮތުން އެމަނިކުފާނާ މެދު ރައްޔިތުން ނުރުހޭކަން ދޭހަވާ ކަމަށާއި އެ ގޮތް ވަރަށް ގޯސް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
"ތި ޖައްސަވަނީ ހަގީގީ އަތްތިލަބަޑި. ތި އަތްތިލަބަޑި ޖައްސަވާ ގޮތުންވެސް އެބަ އެނގޭ ތި ބޭފުޅުން އަޅުގަނޑުމެންގެ ރައީސްދެކެ ވަރަށް ލޯބިފުޅުވާކަން. އެއީ ޔާމީނުގެ ވާހަކަ ދެއްކީމަ އަތްޖަހާ ގޮތާއި އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ގެނައީމަ އަތްޖައްސަވާގޮތް ވަރަށް ތަފާތު" ފަލާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ނަން އަޅުގަނޑު ގެނައީމަ ތިބޭފުޅުން އަތްޖައްސަވާއިރު ވަރަށް ލޯބިން އެއްކަލަ ކޮންމެވެސް އުތުރު ކޮރެއާއެއްތޯ ކޮންމެވެސް ކޮރެއާއެއްގައި ޖަހާނެ އެގޮތަށް. ވަރަށް ރީތި އެނގޭތޯ އެ ގޮތް."
މީގެ އިތުރުން ޕީއެންސީގެ ސަޕޯޓަރުންގެ މޫނުމަތީން ފެންނަނީ އުފާވެރިކަމާއި ހިނިތުންވުން ކަމަށާއި ލީޑާޝިޕްގެ ބޭފުޅުންނާއި ޢާންމު މެންބަރުންގެ ކިބައިން ވެސް އެ މަންޒަރު ފެންނަ ކަމަށް ފަލާހު ވިދާޅުވިއެވެ. ފަލާހު މި ވާހަކަތައް ދެއްކެވިއިރު އުތުރު ކޮރެއާއަކީ ދުނިޔޭގައި އޮތް އެންމެ ހުދުމުޚުތާރު ތިން ޤައުމުގެ ތެރޭގައި ހިމެނޭ ކޮމިއުނިސްޓް ޤައުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް