މައިގަނޑު ބަޔަށް ދާން

ހަބަރު

އިކޮނޮމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް 13 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

މި މައްސަލައިގައި ޖުމްލަ 6 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޤާނޫނުއަސާސީން ވަޒީރުންނަށް ލާޒިމުކުރާ ޒިންމާތައް އަދާނުކުރެއްވުމާއި މަޖިލީހަށް ޖަވާބުދާރީ ނުވެ ވަޒީރުން ކުރުން މަނާ ކަންކަން ކުރެއްވި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ހަމައެހެންމެ ރަނގަޅު އިޤުތިޞާދީ ސިޔާސަތެއް ނެތުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާއިރު އެކަމުގެ ސީރިއަސްކަން ސައީދު އޮޅުވައިލެއްވި ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

އަހުމަދު އާހިލް ސައީދު

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީގެ 13 މެންބަރެއްގެ ސޮއި ހިމަނައިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މެދު އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

މި މައްސަލައިގައި ޖުމްލަ 6 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޤާނޫނުއަސާސީން ވަޒީރުންނަށް ލާޒިމުކުރާ ޒިންމާތައް އަދާނުކުރެއްވުމާއި މަޖިލީހަށް ޖަވާބުދާރީ ނުވެ ވަޒީރުން ކުރުން މަނާ ކަންކަން ކުރެއްވި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ހަމައެހެންމެ ރަނގަޅު އިޤުތިޞާދީ ސިޔާސަތެއް ނެތުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށް ވުރެ މައްޗަށް އުފުލިފައިވާއިރު އެކަމުގެ ސީރިއަސްކަން ސައީދު އޮޅުވައިލެއްވި ކަމަށް ވެސް މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޤައުމުގެ މާލީ ޙާލަތު ދެރައިރު ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކާއި ރަސްމިއްޔާތުތަކަށް ދައުލަތުގެ ބޮޑެތި ޚަރަދު ހެއްދެވި ކަމާއި ޚިދުމަތް ނުފެށި އޮތް ޑިވެލޮޕްމެންޓް ބޭންކަށް މިދިޔަ އަހަރު މާޗުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ ޚަރަދުވެފައިވާ މައްސަލަ ވެސް ފާހަގަކޮށްފައިވެއެވެ.

މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީން ކުރިން ވެސް ވަނީ ހުށަހަޅައިފައެވެ. އެފަހަރު ހުށަހެޅީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި މިހާރުގެ ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީންގެ މައްސަލައެކެވެ.

ނަމަވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ވެރިކަންކުރާ ޕީއެންސީން އެ މައްސަލަ ފާސްކޮށްދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.