މައިގަނޑު ބަޔަށް ދާން

ހަބަރު

ފުލް މޫންއާ ދިމާކޮށް މުޅި ރާއްޖެއަށް އުދައިގެ އިންޒާރު ނެރެފި

އިއްޔެ ވެސް ދެ ފަހަރެއްގެ މަތިން މެޓް އޮފީހުން ހަމަ މި ބާވަތުގެ އެލާޓް ނެރެފައިވާ އިރު ފާއިތުވި އާދީއްތަ ދުވަހު ދިޔަވަރު ބޮޑުވެ މާލޭގެ ތަފާތު ސަރަޙައްދުތަކަށް އުދަ އެރައި ގެއްލުންތައް ލިބިފައިވެއެވެ.

އަހުމަދު އާހިލް ސައީދު

ވިއްސާރަ ވެހެނީ... ފޮޓޯ: ވޮއިސް
ވިއްސާރަ ވެހެނީ... ފޮޓޯ: ވޮއިސް

މެޓް އޮފީހުން މިއަދު ވެސް ރާއްޖޭގެ އެންމެހައި ސަރަޙައްދުތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތް ކަމަށް ބެލެވޭތީ ވައިޓް އެލާޓް ނެރެފިއެވެ. މި އެލާޓް ނެރެފައިވަނީ ހެނދުނު 11:30 އިން މެންދުރު ފަހު 3:30 އާ ހަމައަށެވެ.

އިއްޔެ ވެސް ދެ ފަހަރެއްގެ މަތިން މެޓް އޮފީހުން ހަމަ މި ބާވަތުގެ އެލާޓް ނެރެފައިވާ އިރު ފާއިތުވި އާދީއްތަ ދުވަހު ދިޔަވަރު ބޮޑުވެ މާލޭގެ ތަފާތު ސަރަޙައްދުތަކަށް އުދަ އެރައި ގެއްލުންތައް ލިބިފައިވެއެވެ.

މިއަދާއި މާދަމާ އުދައިގެ ނުރައްކާ އިތުރުވެދާނެ ކަމަށް ލަފާކުރެވެނީ މިއަދަކީ ހަނދު ފުރިހަމަވާ ދުވަސް ކަމަށް ވެފައި ހަނދު ދުނިޔެއާ އާދަޔާ ޚިލާފަށް ކައިރިން ދައުރުކުރާ ދުވަހަކަށް ވާތީއެވެ. "ބަކް މޫން"ގެ ނަން ދެވިފައިވާ މި ޙާދިސާގައި ހަނދު ފެންނަ ސައިޒު ޢާއްމު ފުލް މޫންއަށް ވުރެ ހަތް ޕަސެންޓް ބޮޑުވާނެ ކަމަށް ވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިއަދުގެ ހަނދު ވަނީ ޚާއްޞަ ސަމާލުކަމެއް ހޯދާފައެވެ.

ހަނދާއި ދުނިޔެ ކައިރިވުމުގެ އިތުރުން ހުޅަނގު މޫސުމުގެ ގަދަ ވައިގެ ސަބަބުން ވެސް މާލެ ހިމެނޭ ގޮތަށް ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވެއެވެ. މެޓް އޮފީހުގެ ލަފާ ކުރުންތައް ދައްކާ ގޮތުން މާލެއަށް ދިޔަވަރު އެންމެ މައްޗަށް ދާނީ މެންދުރު ފަހު 1:33 ގައި 2.6 ފޫޓަށް ކަމަށާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި 2:10 ގައި 3 ފޫޓަށް ދިޔަވަރު އުފުލޭނެ ކަމަށް ލަފާކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.