މައިގަނޑު ބަޔަށް ދާން

ދުނިޔެ

ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ވާހަކަ ޙޫޘީން ދޮގުކޮށްފި

ރޮޔިޓާރސް ނޫހުން ސަރަޙައްދީ މަޞްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައި ވަނީ ޖުލައި މަހު ޙޫޘީންގެ އިސް ބޭފުޅުންގެ ވަފުދެއް ތެހެރާނަށް ކުރެއްވި ދަތުރެއްގައި އީރާނުގެ އޮފިޝަލުންނާ އެކު ފީ ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ހިނގާފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަން ތަންފީޒުކުރާނެ ވަކި ދުވަހެއް ކަނޑައެޅިފައި ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އަހުމަދު އާހިލް ސައީދު

ބާބުލް މަންދަބު؛ ފޮޓޯ / އަލްޖަޒީރާ
ބާބުލް މަންދަބު؛ ފޮޓޯ / އަލްޖަޒީރާ

ބާބުލް މަންދަބު ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރުތަކުން ފީއެއް ނެގުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނެ ޔަމަނުގެ ޙޫޘީ ޖަމާޢަތުގެ ކަނޑުދަތުރުފަތުރާ ބެހޭ އިދާރާއިން މީޑިއާ ރިޕޯޓުތައް ދޮގުކޮށްފިއެވެ.

ރޮޔިޓާރސް ނޫހުން ސަރަޙައްދީ މަޞްދަރުތަކާ ޙަވާލާދީ ރިޕޯޓުކޮށްފައި ވަނީ ޖުލައި މަހު ޙޫޘީންގެ އިސް ބޭފުޅުންގެ ވަފުދެއް ތެހެރާނަށް ކުރެއްވި ދަތުރެއްގައި އީރާނުގެ އޮފިޝަލުންނާ އެކު ފީ ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ހިނގާފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަން ތަންފީޒުކުރާނެ ވަކި ދުވަހެއް ކަނޑައެޅިފައި ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޙޫޘީންގެ މެރިޓައިމް ކޯރޑިނޭޝަން އިދާރާއިން ސާފުކޮށް ބުނީ އެ ކަނޑުއޮޅިން އާންމު ވިޔަފާރި އުޅަނދުފަހަރު ދަތުރުކުރުމަށް އެއްވެސް ޚަރަދެއް ނުނެގޭނެ ކަމަށާއި ދަތުރުފަތުރުކުރުން އަދިވެސް މުޅިން ހިލޭ ކަމަށެވެ.

ޙޫޘީންގެ ދަށުން ހިންގާ ހިއުމަނިޓޭރިއަން އޮޕަރޭޝަންސް ކޯޑިނޭޝަން ސެންޓަރު (އެޗް.އޯ.ސީ.ސީ) އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައްކާތެރިކަމުގެ ޚިދުމަތްތައް ދެނީ އެ ފަރާތުން އަމިއްލައަށް އިސްނަގައިގެން އެއްވެސް އަގެއް ނެތި ކަމަށެވެ. އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ބަދަލެއްގެ ގޮތުގައި ފައިސާ ހޯދަން މަސައްކަތްކުރާ އެއްވެސް ފަރުދެއް ނުވަތަ ޖަމާޢަތެއް ތަމްސީލުކުރަނީ ޔަމަނު ނޫން ކަމަށާއި އެޗް.އޯ.ސީ.ސީ ވެސް ނޫން ކަމަށް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ހުއްދަ ނެތް ފަރާތްތަކަށް ފައިސާ ނުދެއްކުމަށާއި މަޢުލޫމާތު ހިއްސާ ނުކުރުމަށް ޝިޕިން ކުންފުނިތަކާއި ކައްޕިންނަށް އެޗް.އޯ.ސީ.ސީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.