މައިގަނޑު ބަޔަށް ދާން

ހަބަރު

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން އެމް.އެޗް.އާރުގެ މައްޗަށް ދަޢުވާކުރަން ފޮނުވަނީ

ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ 2014 ވަނަ އަހަރުގެ ފެބުރުވަރީން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމް.އެޗް.އާރގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވެއެވެ.

އަހުމަދު އާހިލް ސައީދު

އޭސީސީ
އޭސީސީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ތަޙުޤީޤުގައި އެމް.އެޗް.އާރ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މަނީ ލޯންޑަރިންގގެ ދަޢުވާ އުފުލައިދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހެޅުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބުދަ ދުވަހު ނިންމައިފިއެވެ.

މި ނިންމުން އައީ އޭސީސީއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގި ޖޮއިންޓް ތަޙުޤީޤެއްގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ 2014 ވަނަ އަހަރުގެ ފެބުރުވަރީން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމް.އެޗް.އާރގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވެއެވެ.

ތަޙުޤީޤުން އެނގިފައިވާ ގޮތުގައި 2014 އަދި 2015 ވަނަ އަހަރުގެ ތެރޭގައި ތަފާތު އެކި ފަހަރު މަތިން އެސް.އޯ.އެފްގެ ޗެކުތައް ބޭނުންކޮށްގެން ޖުމްލަ 325,000 ޑޮލަރު (ތިން ލައްކަ ފަންސަވީސް ހާސް އެމެރިކާ ޑޮލަރު) ވަނީ އެމް.އެޗް.އާރ އާއި އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޕީޖީ އޮފީހުން ދަޢުވާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.