މައިގަނޑު ބަޔަށް ދާން

ދުނިޔެ

އެމެރިކާގެ ހަމަލާތަކުން އީރާނު މަޝްވަރާއަށް ތައްޔާރުވެއްޖެ ކަމަށް ރޫބިއޯ ވިދާޅުވެއްޖެ

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވީ ވޮޝިންގޓަންގެ ހަމަލާތަކުން އީރާނުގެ ކަނޑުގެ ލަޝްކަރާއި ވައިގެ ލަޝްކަރާއި މިސައިލް ދިފާޢީ ނިޒާމުތަކާއި ލޯންޗަރުތަކާއި ހަތިޔާރު އުފައްދާ ތަންތަން ހަލާކުކޮށްލައި ދިފާޢީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ރޫބިއޯ؛ ފޮޓޯ / ކައުންސިލް އޮން ފޮރިން ރިލޭޝަންސް
ރޫބިއޯ؛ ފޮޓޯ / ކައުންސިލް އޮން ފޮރިން ރިލޭޝަންސް

އެމެރިކާއިން ދިން އަސްކަރީ ހަމަލާތަކުގެ ސަބަބުން ނިއުކްލިއާ ޕްރޮގްރާމާއި ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި މަޝްވަރާ ކުރުމަށް އީރާނުން މިހާރު ކުރިއަށް ވުރެ ބޮޑަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވީ ވޮޝިންގޓަންގެ ހަމަލާތަކުން އީރާނުގެ ކަނޑުގެ ލަޝްކަރާއި ވައިގެ ލަޝްކަރާއި މިސައިލް ދިފާޢީ ނިޒާމުތަކާއި ލޯންޗަރުތަކާއި ހަތިޔާރު އުފައްދާ ތަންތަން ހަލާކުކޮށްލައި ދިފާޢީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށެވެ.

އެހެންނަމަވެސް އީރާނުގެ އަތުގައި އަދިވެސް މިސައިލާއި ޑްރޯން ހުރިކަން ފާހަގަކުރައްވައި ރޫބިއޯ ވިދާޅުވީ ގެއްލުން ދިނުމުގެ ކުޅަދާނަކަން އެ ޤައުމަށް އަދިވެސް ލިބިގެންވާ ކަމަށެވެ. ނަމަވެސް ކުރިން އީރާނުން ފޮރުވިގެން ތިބި ދިފާޢީ ފާރު ދެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމާ ހެދި މުޅި ޑައިނެމިކް ބަދަލުވެއްޖެ. ޑީނިއުކްލިއަރައިޒޭޝަންގެ އެއްބަސްވުމެއް ހެދުމަށާއި ކަނޑުއޮޅީގެ މައްސަލައިގައި އެއްބަސްވުމެއް ހެދުމަށް އީރާނު މިހާރު ތައްޔާރުވެފައި ބައެއް ހާލަތްތަކުގައި ޝައުގުވެރިވެގެން އުޅެނީ ބަލިކަށި ހާލަތަކުން ނޫން ވަރުގަދަ ހާލަތަކުން އެމީހުންނާ ކުރިމަތިލައިގެން ކަމަށް ވާތީ" ރޫބިއޯ ވިދާޅުވިއެވެ.

އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމެއް ޤާއިމުވެދާނެ ކަމުގެ އިޝާރާތްތައް ރޫބިއޯގެ ވާހަކަފުޅުން ފެނިގެންދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.