މައިގަނޑު ބަޔަށް ދާން

ދުނިޔެ

ނިއު ޒީލެންޑުގެ ވަޒީފާ ނެތް މީހުން ގިނަވީ ހޯރމޫޒް ކަނޑުއޮޅި ބަންދުކުރުމުން ކަމަށް ބުނެފި

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

އަހުމަދު އާހިލް ސައީދު

ވިންސްޓަން ޕީޓާޒް' ފޮޓޯ / އެންޒީ ހެރަލްޑް
ވިންސްޓަން ޕީޓާޒް' ފޮޓޯ / އެންޒީ ހެރަލްޑް

ނިއު ޒީލެންޑުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް މައްޗަށް ދިޔައީ ހޯރމުޒް ކަނޑުއޮޅީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ކަމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ވިންސްޓަން ޕީޓާޒް ވިދާޅުވެއްޖެއެވެ.

ޕީޓާޒް އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ ކަނޑުއޮޅި ބަންދުވެ ތެލުގެ އަގު ބޮޑުތަނުން އުފުލުމުގެ ސަބަބުން ވިޔަފާރިތަކުގެ ޚަރަދު އިތުރުވެ ވަޒީފާ ގެއްލުމާ ސީދާ ގުޅުންހުރި ކަމަށެވެ.

އަދި މި ހަމަނުޖެހުން ފެށުނު އިރުވެސް އިންފްލޭޝަނާއި ވަޒީފާ ނެތް މީހުންގެ ނިސްބަތަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާލަތުގެ ސަބަބުން ނިއު ޒީލެންޑުގެ އަމިއްލަ ތެލުގެ ރިޒާވް ހޯދައި ނެގުމުގެ މުހިންމުކަން އިތުރަށް ސާބިތުވާ ކަމަށް ޕީޓާޒް ވިދާޅުވިއެވެ. އެ ސިޔާސަތުގެ ސަބަބުން ތެލުގެ ރައްކާތެރިކަމާއި ހަޤީޤީ ކެތްތެރިކަން ލިބި ބައިނަލްއަޤުވާމީ ނިންމުންތަކާއި ޖިއޯޕޮލިޓިކަލް ނުފޫޒުތަކުގެ އަޅުވެތިކަމުން ޤައުމު ސަލާމަތްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރޮއިޓާޒް ރިޕޯޓުކުރާ ގޮތުގައި ނިއު ޒީލެންޑުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ޤައުމުގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ދެވަނަ ކުއާޓަރުގައި 5.6 އިންސައްތައަށް އެރީ ދިހަ އަހަރު ތެރޭގެ އެންމެ މަތީ ދަރަޖައަށެވެ. ހަމައެއާއެކު ތެލުގެ ޚަރަދު ބޮޑުވުމާ ގުޅިގެން އިންފްލޭޝަން ވަނީ 4.1 އިންސައްތައަށް އަރައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.