މަސް އެކްސްޕޯޓް މިއަހަރު ބޮޑުތަނުން ދަށަށް ގޮސްފި
Mas export mi aharu bodu thanun dhashah gosfi
Ahmed Aahil Saeed
02 August 2026
މަސްމާރުކޭޓްގައި މަސްކެނޑަނީ --
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއިން ބޭރުކުރި މަހުގެ މިންވަރު މިދިޔަ އަހަރާ އަޅައިބަލާއިރު 62 އިންސައްތަ ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ހިސާބުތަކުން ހާމަވެއްޖެއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީން ޖޫން ނިޔަލަށް ބޭރުކޮށްފައިވަނީ ޖުމްލަ 16,991 މެޓްރިކް ޓަނުގެ މަހެވެ.
ނިމިދިޔަ އަހަރުގެ ހަމަ އެ މުއްދަތުގައި މި ޢަދަދު 44,791 މެޓްރިކް ޓަނުގައި ހުއްޓެވެ.
ރާއްޖެއިން ބޭރުކުރި މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް ހިފީ ތާޒާ އަދި ފިނިކުރި މަހެވެ. މި ގިންތީގައި ފާއިތުވި ހަ މަހު އެކްސްޕޯޓްކުރީ 13,083 މެޓްރިކް ޓަނެވެ. އޭގެ ކުރީ އަހަރު އެ މުއްދަތުގައި 40,659 މެޓްރިކް ޓަނު ބޭރުކޮށްފައިވާއިރު މިއީ 67 އިންސައްތައިގެ ވެއްޓުމެކެވެ.
މި ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ މަސް އެކްސްޕޯޓް ސިނާޢަތު މިވަގުތު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް