މައިގަނޑު ބަޔަށް ދާން

ހަބަރު

ވިއްސާރައިގައި އެކި ރަށްރަށަށް ގެއްލުން ލިބިއްޖެ

އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި ގެއަކަށް ގެއްލުންވެގެން ހުށަހެޅި ރިޕޯޓެއް ލިބިފައިވަނީ އެންމެ ފަރާތަކުންނެވެ. އެ ހާދިސާ ހިނގީ އައްޑޫ ސިޓީ ފޭދޫގައި ހުރި ގެއެއްގެ ފުރާޅުގެ ބައެއް ވައިގަދަވެ އެއްލައިލައިގެންނެވެ. ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ޤައުމީ ދިފާއީ ބާރާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކަމަށް ހިސާން ވިދާޅުވިއެވެ.

އަހުމަދު އާހިލް ސައީދު

ވިއްސާރަ ދުވަހެއް- ފޮޓޯ/ ވޮއިސް
ވިއްސާރަ ދުވަހެއް- ފޮޓޯ/ ވޮއިސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައިގެ އަސަރުކުރުމާ ގުޅިގެން ބައެއް ސަރަހައްދުތަކަށް ގެއްލުން ލިބެމުންދާ ކަމަށް އެންޑީއެމްއޭއިން ރޭ ހާމަކޮށްފިއެވެ.

އެ އިދާރާގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވި ގޮތުގައި ގެއަކަށް ގެއްލުންވެގެން ހުށަހެޅި ރިޕޯޓެއް ލިބިފައިވަނީ އެންމެ ފަރާތަކުންނެވެ. އެ ހާދިސާ ހިނގީ އައްޑޫ ސިޓީ ފޭދޫގައި ހުރި ގެއެއްގެ ފުރާޅުގެ ބައެއް ވައިގަދަވެ އެއްލައިލައިގެންނެވެ. ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ޤައުމީ ދިފާއީ ބާރާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކަމަށް ހިސާން ވިދާޅުވިއެވެ.

ފުރާޅަށް ގެއްލުންވި ނަމަވެސް ގެއިން މީހުން އެއްކޮށް ބަދަލުކުރަން ޖެހޭ ވަރުގެ ގެއްލުމެއް ނުލިބޭ ކަމަށް ހިސާން ފާހަގަކުރެއްވިއެވެ. ނަމަވެސް ފުރާޅު ހެދެންދެން އެ ކޮޓަރީގައި ތިބި މީހުން ވަނީ ގޭގެ އެހެން ބަޔަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައެވެ.

މީގެ އިތުރުން ބަނބުކެޔޮ ގަހެއް ވެއްޓުމުގެ ސަބަބުން ބަދިގެއެއްގެ ފުރާޅަށް ލިބުނު ގެއްލުންތަކާ ހެދި ދެ ގެއަކަށް ވެސް އެކި މިންވަރުގެ ގެއްލުން ކުރިމަތިވެފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މި ހުރިހާ ހާދިސާތަކެއްގައި ވެސް އެމްއެންޑީއެފްގެ އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު ކައުންސިލްތައް މެދުވެރިކޮށް އާއިލާތަކަށް ބޭނުންވާ އެހީ ދެނެގަނެ އެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.