ލަންކާގެ އެސިސްޓެންޓް ކޯޗު ރާއްޖޭގެ ޓީމަށް ބޭއަދަބީ ބަސް ބޭނުންކުރި މައްސަލައިގައި ވަކިކޮށްފި
މިޔަންމާގެ ޔަންގޮންގައި ކުރިއަށްދާ އޭއެފްސީ ޑިވެލޮޕްމެންޓް ފޭސް ކޮލިފައިންގެ މެޗު ނިމުމާ އެކު އިމްރާން ރާއްޖޭގެ ޓީމަށް އަމާޒުކޮށް އަހުލާގީ މިންގަނޑުން ބޭރުން ޢަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. އެ ވީޑިއޯ އާންމުވުމާ އެކު ފުޓްބޯލް ސްރީ ލަންކާ )އެފްއެފްއެސްއެލް( އިން ވަގުތުން ފިޔަވަޅު އެޅީ އެ ޖަމިއްޔާގެ ރައީސް ޖަސްވާރު އުމަރު އަމިއްލައަށް އިސް ނަންގަވައިގެންނެވެ.
އަހުމަދު އާހިލް ސައީދު
އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ އަތުން 4-0 އިން ބަލިވި މެޗަށް ފަހު ރާއްޖޭގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ހުތުރު ބަހުން މުއާމަލާތްކުރި ސްރީ ލަންކާގެ 20 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު އިމްރާން މަގާމުން ވަކިކޮށްފިއެވެ.
މިޔަންމާގެ ޔަންގޮންގައި ކުރިއަށްދާ އޭއެފްސީ ޑިވެލޮޕްމެންޓް ފޭސް ކޮލިފައިންގެ މެޗު ނިމުމާ އެކު އިމްރާން ރާއްޖޭގެ ޓީމަށް އަމާޒުކޮށް އަހުލާގީ މިންގަނޑުން ބޭރުން ޢަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. އެ ވީޑިއޯ އާންމުވުމާ އެކު ފުޓްބޯލް ސްރީ ލަންކާ (އެފްއެފްއެސްއެލް) އިން ވަގުތުން ފިޔަވަޅު އެޅީ އެ ޖަމިއްޔާގެ ރައީސް ޖަސްވާރު އުމަރު އަމިއްލައަށް އިސް ނަންގަވައިގެންނެވެ.
ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކަންޖެހޭ ފަރާތެއްގެ ކިބައިން އެފަދަ ޢަމަލެއް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ އިމްރާން ވަގުތުން ވަކިކުރުމަށް ޖަސްވާރު އެންގެވި ކަމަށް ލަންކާގެ ފުޓުބޯޅައިގައި ޙަރަކާތްތެރިވާ ބައެއް އޮފިޝަލުން ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ. އިމްރާންގެ ރުޅިވެރިކަން ބޭރުވީ މި އަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖޭގެ ފަސްގަނޑުގައި 3-2 އިން ފަހަތުން އަރައި ލަންކާ މޮޅުވި މެޗުގެ ނުތަނަވަސްކަމާ ގުޅިގެން ކަމަށް ބެލެވެއެވެ.
މި މޮޅާ އެކު ރާއްޖެ އާއި ބީލަން ބާއްވާ ޤައުމު ކަމަށްވާ މިޔަންމާ ވަނީ ކޮލިފައިންގެ ދެ ވަނަ މަރުހަލާއިން ޖާގަ ޔަގީންކޮށްފައެވެ.
ގުރޫޕުގެ އެއް ވަނަ ކަނޑައެޅުމަށް މި ދެ ޓީމު މާދަމާ ބައްދަލުކުރާއިރު ޖެހިޖެހިގެން ދެ މެޗުން 4-0 އިން ބަލިވެ ގުރޫޕުގެ ފުލުގައި އޮތް ލަންކާގެ ފަހު މެޗުގައި ނުކުންނާނީ ބްރޫނާއީއާ ދެކޮޅަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް