މައިގަނޑު ބަޔަށް ދާން

ހަބަރު

ދެ އަހަރާ ބައިތެރޭ 590 މަޝްރޫޢު ނިންމައި 1635 މަޝްރޫޢު ކުރިއަށް އެބަދޭ

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމައެކަނި މާލެ ސަރަހައްދަށް ތަރައްޤީ ޖަމާކުރުމުގެ ބަދަލުގައި ލާމަރުކަޒީ އުސޫލުން ކޮންމެ ރަށެއް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށް މުޅި ރާއްޖޭގައި މިހާރުވެސް ތަފާތު ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަހުމަދު އާހިލް ސައީދު

ރަސްމާލެ ހިއްކުމުގެ މަަސައްކަތް ކުރަނީ --
ރަސްމާލެ ހިއްކުމުގެ މަަސައްކަތް ކުރަނީ --

ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ގާތްގަނޑަކަށް ފުރިހަމަވެފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ހަމަހަމަ ތަރައްޤީ ގެނައުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަމައެކަނި މާލެ ސަރަހައްދަށް ތަރައްޤީ ޖަމާކުރުމުގެ ބަދަލުގައި ލާމަރުކަޒީ އުސޫލުން ކޮންމެ ރަށެއް ތަރައްޤީ ކުރުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. އެ ސިޔާސަތު ތަންފީޒުކުރުމަށް މުޅި ރާއްޖޭގައި މިހާރުވެސް ތަފާތު ގިނަ މަޝްރޫޢުތައް ހިންގަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ހާމަކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުގެ 2 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި 590 މަޝްރޫޢު ނިންމާފައިވެއެވެ. އެ މުއްދަތާ އަޅައިބަލާއިރު ކުރީގެ އެމްޑީޕީ ސަރުކާރުން ނިންމީ 285 މަޝްރޫޢު ކަމަށާއި އެއަށް ކުރީ ސަރުކާރުން ނިންމީ 321 މަޝްރޫޢު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ޖުމްލަ 1635 އަށް އަރާ ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީގެ ދެ ސަރުކާރަށް ބަލާއިރު އެ ޢަދަދާ ގާތްކުރާ މިންވަރަކަށް ވެސް މަޝްރޫޢު ހިންގާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ މުއްދަތުގައި ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔައީ 414 މަޝްރޫޢު ކަމަށާއި އޭގެ ކުރީ ސަރުކާރުން ކުރިއަށް ގެންދިޔައީ 355 މަޝްރޫޢު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މާސްޓަރ ޕްލޭން ފައިނަލްވުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ތަރައްޤީ އިތުރަށް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.