ދުނިޔެ

ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން 12 ފަލަސްތީނު މީހުން ހައްޔަރުކޮށްފި

Hulhangu asseyreege Israel sifain 12 Palestine meehun hayyaru koffi

Ahmed Aahil Saeed

29 July 2026

0
ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިން 12 ފަލަސްތީނު މީހުން ހައްޔަރުކޮށްފި

އައިޑީއެފް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

ނާބުލުސްގެ ދެކުނުގައި އޮންނަ ބުރީން މަދަމާ އަސީރާ އަލް ޤިބްލިއްޔާ އަދި ތާލް ފަދަ އަވަށްތަކުން 10 މީހުން ހައްޔަރުކުރި ކަމަށް ވަފާ ނޫހުން ބުނެފައިވެއެވެ. މީގެ އިތުރުން ތލްކަރަމްގެ ދެކުނުގައި އޮންނަ ފަރްޢޫން އާއި އުތުރުގައި އޮންނަ ސައިދާ އިން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

އޮކިއުޕައިޑް ވެސްޓް ބޭންކުގެ އެކި ސަރަހައްދުތަކަށް ރޭގަނޑު ވަގުތު އިސްރާއީލުގެ އަސްކަރިއްޔާއިން ވަދެ މަދުވެގެން 12 ފަލަސްތީނު ރައްޔިތުން ހައްޔަރުކޮށް ވަޒަންވެރިންގެ ހަމަލާތައްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނޫސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.

ނާބުލުސްގެ ދެކުނުގައި އޮންނަ ބުރީން މަދަމާ އަސީރާ އަލް ޤިބްލިއްޔާ އަދި ތާލް ފަދަ އަވަށްތަކުން 10 މީހުން ހައްޔަރުކުރި ކަމަށް ވަފާ ނޫހުން ބުނެފައިވެއެވެ. މީގެ އިތުރުން ތލްކަރަމްގެ ދެކުނުގައި އޮންނަ ފަރްޢޫން އާއި އުތުރުގައި އޮންނަ ސައިދާ އިން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.

ބައިތުލަޙަމުގެ ދެކުނު އިރުމަތީގައި އޮންނަ ތުޤޫޢު ރަށަށް ވެސް ސިފައިން ވަދެ ގެތަކަށް ވަންކަމަށް ޚަބަރުތައް ބުނެއެވެ.

މި ހައްޔަރުކުރުންތަކާ ވިދިގެން އިސްރާއީލުގެ ވަޒަންވެރިން ތުބއސްގެ ދެކުނު އިރުމައްޗެގައި އޮންނަ ރައްސް އަލް އަޙްމަރް ސަރަހައްދަށް ވަދެ ފަލަސްތީނު ރައްޔިތުންނަށް ހަމަލާ ދީފައިވެއެވެ. ހަމައެހެންމެ ބައިތުލަޙަމުގެ ދެކުނުގައި އޮންނަ އަބޫ ނުޖައިމް އަވަށުގައި ވެހިކަލެއްގައިވެސް ވަޒަންވެރިން ވަނީ ރޯކޮށްލައިފައެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންގެ ރެއިޑްތަކާއި ވަޒަންވެރިންގެ ހަމަލާތައް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމަށް ރިޕޯޓުތައް ދައްކައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް