މައިގަނޑު ބަޔަށް ދާން

ހަބަރު

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 73 އިންސައްތަ ތިބީ ރިސޯޓުތަކުގައި

ވުޒާރާއިން އެންމެ ފަހުން ޢާންމުކުރި ހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ޖުމުލަ ޢަދަދަކީ 727709 އެވެ. މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ 73 އިންސައްތައެވެ.

އަހުމަދު އާހިލް ސައީދު

ވައްކަރު މޯލްޑިވްސް-- ފޮޓޯ/ބްރޭކިންގ ޓްރެވަލް ނިއުސް
ވައްކަރު މޯލްޑިވްސް-- ފޮޓޯ/ބްރޭކިންގ ޓްރެވަލް ނިއުސް

މި އަހަރު މިހާތަނަށް ރާއްޖެ އައި 1.2 މިލިޔަން ފަތުރުވެރިންގެ ތެރެއިން ގާތްގަނޑަކަށް 9 ލައްކަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ވުޒާރާއިން އެންމެ ފަހުން ޢާންމުކުރި ހިސާބުތައް ދައްކާ ގޮތުން ރިސޯޓުތަކުގައި ތިބި ފަތުރުވެރިންގެ ޖުމުލަ ޢަދަދަކީ 727709 އެވެ. މިއީ ރާއްޖެ ޒިޔާރަތްކުރި ޖުމުލަ ފަތުރުވެރިންގެ 73 އިންސައްތައެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު އެވެރެޖްކޮށް 5924 ފަތުރުވެރިން ރާއްޖެ އާދެއެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިހާރު 179 ރިސޯޓެއް ހިންގަމުން އަންނައިރު ރާއްޖޭގައި ފަތުރުވެރިންނަށް ލިބެން ހުރި ޖުމުލަ އެނދުގެ 67 އިންސައްތައަކީ ރިސޯޓުތަކުގެ އެނދުތައް ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ އާ ޓާމިނަލް ހުޅުވިފަހުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.