ފަރަންސޭސި ޑިޕްލޮމެޓުން ހައްޔަރުކުރި މައްސަލައިގައި އީރާނުން ފަރަންސޭސި ސަފީރު ހާޒިރުކޮށްފި
France diplomatun hayyaukuri massalaigai Iran in France ge safeeru haaziru koffi
Ahmed Aahil Saeed
27 July 2026
ފަރަންސޭސި އެންބަސީ؛ ފޮޓޯ / ތުރުކީ ޓުޑޭ
މި މަހު ކުރީކޮޅު އީރާނުގެ ސެކިއުރިޓީ ފޯސްތަކުން ފަރަންސޭސިވިލާތުގެ ދެ ޑިޕްލޮމެޓަކު ހިފެހެއްޓި މައްސަލައާ ގުޅިގެން ތެހެރާނުގައި ހުންނަ ފަރަންސޭސި އެމްބެސެޑަރު އީރާނުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވިދާޅުވި ގޮތުގައި އެ ދެ ޑިޕްލޮމެޓުން ހިންގީ "މަދަނީ މުޖުތަމަޢާ ގުޅުން ބެހެއްޓުމުގެ ނަމުގައި" ކުރި ކަންތައްތަކެކެވެ. ޖުލައި 19 ވަނަ ދުވަހު އެ ދެ ޑިޕްލޮމެޓުން ހައްޔަރުކޮށް ގިނަ ގަޑިއިރުތަކެއް ވަންދެން ސުވާލުކުރުމަށްފަހު އެމީހުން އެނބުރި އެމްބަސީއަށް ދިޔުމުގެ ހުއްދަ ދިނެވެ.
އެ ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ވިދާޅުވީ ޖިސްމާނީ ގޮތުން އަނިޔާ ލިބުނު ކަމަށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ "ފަރަންސޭސި ސަރުކާރުން މިފަދަ ޢަމަލުތައް ހުއްޓާލައި އޮޅުވާލާ ނަންނަމުގައި އީރާނުގެ ދާޚިލީ ކަންކަމާ ބެހުން ހުއްޓާލުމަށް ބާރުއެޅިފައިވާ" ކަމަށެވެ.
ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯން-ނޮއެލް ބެރޯ މި ހާދިސާ ސިފަކުރެއްވީ "ބިރުދެއްކުމުގެ ނުހަނު ސީރިއަސް ޢަމަލެއް"ގެ ގޮތުގައެވެ. މި މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ކަމަށް ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް