މައިގަނޑު ބަޔަށް ދާން

ކުޅިވަރު

ޕެނަލްޓީގައި އިންޓަރ މިލާން އަތުން ބަލިވެ މަރެސްކާއަށް ހިތި ފެށުމެއް

އާ ސީޒަނާ ކުރިމަތިލުމަށް އޭޝިއާ ޓުއަރގައި ހަރަކާތްތެރިވަމުންދާ ސިޓީން އިޓާލިއަން ލީގުގެ ޗެމްޕިއަނާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މި މެޗުގެ 90 މިނެޓު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފޯވަޑް ޑިވިން މުބާމާ 14 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބެންޖަމިން ޕަވާޑް ވަނީ އިންޓަރއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

އަހުމަދު އާހިލް ސައީދު

ޑޮނަރޫމާ؛ ފޮޓޯ / އޭއެފްޕީ
ޑޮނަރޫމާ؛ ފޮޓޯ / އޭއެފްޕީ

މެންޗެސްޓަރ ސިޓީގެ އާ ކޯޗު އެންޒޯ މަރެސްކާގެ ބެލެހެއްޓުމުގެ ދަށުން އެ ޓީމު ނުކުތް ފުރަތަމަ މެޗުގައި ހޮންގ ކޮންގގައި އިންޓަރ މިލާން އަތުން ޕެނަލްޓީގައި 3-1 އިން ބަލިވެއްޖެއެވެ.

އާ ސީޒަނާ ކުރިމަތިލުމަށް އޭޝިއާ ޓުއަރގައި ހަރަކާތްތެރިވަމުންދާ ސިޓީން އިޓާލިއަން ލީގުގެ ޗެމްޕިއަނާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މި މެޗުގެ 90 މިނެޓު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފޯވަޑް ޑިވިން މުބާމާ 14 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބެންޖަމިން ޕަވާޑް ވަނީ އިންޓަރއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗު ފެށިގެން އައި ވަގުތުކޮޅުގައި އިންޓަރއިން ވަރަށް ބާރު ސްޕީޑެއްގައި ކުޅެ ލަނޑު ޖެހުމާ ގާތް ދެ ހާލަތެއް ހޯދި ނަމަވެސް އެ ފުރުސަތުތައް ނިންމައެއް ނުލެވުނެވެ.

ހަމައެގޮތަށް ސިޓީއަށް ވެސް ދެވަނަ ލަނޑު ޖެހުމުގެ ފުރުސަތުތައް ފަހިވީ ނަމަވެސް ބޭނުންހިފޭ ގޮތެއް ނުވިއެވެ. ޕެނަލްޓީ ޝޫޓްއައުޓަށް ދިޔައިރު ސިޓީގެ ފުރަތަމަ ތިން ޕެނަލްޓީ ވެސް ކާމިޔާބެއް ނުވިއެވެ.

ވޯލްޑް ކަޕަށް ފަހު ބައެއް ކުޅުންތެރިން އަދިވެސް ޗުއްޓީގައި ތިބުމުން ދެ ޓީމުގެ ވެސް މުހިންމު ގިނަ ކުޅުންތެރިން މި މެޗުގައި ނުފެނެއެވެ. ދެ ޓީމުންވެސް ޒުވާން ކުޅުންތެރިންނާ އެކު އާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއަށް ގެންދަނީއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.