މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޕަވާ ބޭންކެއްގައި ރޯވެ އިންޑިގޯ ފްލައިޓެއް ހައިދަރާބާދަށް ޑައިވާޓުކޮށްފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގެ ތެރޭގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ރޯވުމާ ގުޅިގެން، އެ ފްލައިޓު ހައިދަރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ކުއްލި ހާލަތުގައި ޖައްސައިފިއެވެ.

އަހުމަދު އާހިލް ސައީދު

ވައިގެ ތެރޭގައި ދަތުރުކުރަމުން ދަނިކޮށް ފަސިންޖަރެއްގެ އަމިއްލަ އިލެކްޓްރޯނިކް ޑިވައިސަކުން ދުން އެރުމާ އެކު ކެބިން ކުރޫ ވަނީ އެ އަލިފާން ނިއްވާލައިފައެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕައިލެޓުން ނިންމީ ޗެންނާއިއަށް ދިޔުމުގެ ބަދަލުގައި ހައިދަރާބާދަށް ފްލައިޓު ޑައިވާޓުކުރުމަށެވެ.

އެ ފްލައިޓު ރާޖީވް ގާންދީ އެއާޕޯޓުގައި ރައްކާތެރިކަމާ އެކު ޖައްސާފައިވާ ކަމަށާއި، ބޯޓުގައި ތިބި ހުރިހާ ފަސިންޖަރުންނާއި ކުރޫ ސަލާމަތުން ތިބި ކަމަށް އިންޑިގޯ އިން ބުނެފައިވެއެވެ. ޗެންނާއިއަށް ދަތުރު ކުރިއަށް ގެންދިޔުމަށް އެހެން ބޯޓެއް ހަމަޖައްސާފައިވާ ކަމަށް ވެސް އެ އެއާލައިނުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް ކަމާ ބެހޭ ފަރާތްތަކުން ތަޙުޤީޤެއް ފަށާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.