މައިގަނޑު ބަޔަށް ދާން

ދުނިޔެ

އީރާން-އެމެރިކާ މަޝްވަރާތައް ހުކުރު ދުވަހު އޮންނާނެ: ސްވިޒަލޭންޑް

ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ކަންތައްތައް ރޭވިފައިވާ ގޮތުން، އެއްބަސްވުން ތަންފީޒުކުރުމާއި ގުޅޭގޮތުން ކުރެވޭ ފުރަތަމަ މަރުހަލާގެ މަޝްވަރާތަކަށް އެމެރިކާ އާއި އީރާނުގެ އިތުރުން މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޕާކިސްތާނާއި ގަތަރާއި، އަދި މިކަމުގައި ހިމެނޭ އެހެނިހެން ގައުމުތައް މާދަމާ ބިއުރގަންސްޓޮކްގައި ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.

އަހުމަދު އާހިލް ސައީދު

ސްވިޒަލޭންޑް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ
ސްވިޒަލޭންޑް؛ ފޮޓޯ / ވިކިކޮމްސް މީޑިއާ

އީރާނާއި އެމެރިކާ އާއި ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް މާދަމާ ސްވިޒަލޭންޑުގައި ކުރިއަށްދާނެ ކަމަށް ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސްވިޒަލޭންޑުގެ ފަރުބަދަމަތީ ރިސޯޓެއް ކަމަށްވާ ބިއުރގަންސްޓޮކްގައެވެ.

އެގޮތުން، ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު ކަންތައްތައް ރޭވިފައިވާ ގޮތުން، އެއްބަސްވުން ތަންފީޒުކުރުމާއި ގުޅޭގޮތުން ކުރެވޭ ފުރަތަމަ މަރުހަލާގެ މަޝްވަރާތަކަށް އެމެރިކާ އާއި އީރާނުގެ އިތުރުން މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ޕާކިސްތާނާއި ގަތަރާއި، އަދި މިކަމުގައި ހިމެނޭ އެހެނިހެން ގައުމުތައް މާދަމާ ބިއުރގަންސްޓޮކްގައި ބައްދަލުކުރުމަށް އޮތީ ހަމަޖެހިފައެވެ.

ނަމަވެސް، މި ބައްދަލުވުން ކުރިއަށްދާނެ ތާވަލާ ބެހޭގޮތުން ނުވަތަ ބައްދަލުވުމުގެ އިތުރު އެއްވެސް ތަފްސީލެއް ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން ހާމަކޮށްފައެއް ނުވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން މި ބަޔާން ނެރުމުގެ ކުރިން އީރާނުން ވަނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްޓަކައި ބާއްވާ ބައްދަލުވުން ސްވިޒަލޭންޑުގައި ނޯންނާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.