މައިގަނޑު ބަޔަށް ދާން

ހަބަރު

އިމިގްރޭޝަންގެ ޕާސްޕޯޓު ޚިދުމަތް ޑިޖިޓަލްކޮށް ދޮށީ ޢުމުރުގެ މީހުންނަށް ޚާއްޞަ އެހީ ހަމަޖައްސައިފި

ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމުގައި އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އުނދަގޫތައް ޙައްލުކުރުމުގެ ގޮތުން އިމިގްރޭޝަންގެ ހެޑް އޮފީހުން ޕާސްޕޯޓު ފޮޓޯ ނެގުމާއި އޮންލައިން ފޯމު ފުރުމުގައި މުވައްޒަފުން ސީދާ އެހީވެދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށް މަޢުލޫމާތު ދިނުމަށް ޚާއްޞަ އިންފޮމޭޝަން ކައުންޓަރެއް ވެސް ވަނީ ބަހައްޓައިފައެވެ.

އަހުމަދު އާހިލް ސައީދު

އިމިގްރޭޝަނުން ޕާސްޕޯޓެއް ދޫކުރަނީ... ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ޕާސްޕޯޓެއް ދޫކުރަނީ... ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓާ ގުޅޭ ޚިދުމަތްތައް ފުޅާކޮށް އޮންލައިން ނިޒާމު ބޭނުންކުރަން ދަތިވާ ފަރާތްތަކަށް ސީދާ އެހީތެރިކަން ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޑިޖިޓަލް ޚިދުމަތްތައް ބޭނުންކުރުމުގައި އިސްރަށްވެހިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އުނދަގޫތައް ޙައްލުކުރުމުގެ ގޮތުން އިމިގްރޭޝަންގެ ހެޑް އޮފީހުން ޕާސްޕޯޓު ފޮޓޯ ނެގުމާއި އޮންލައިން ފޯމު ފުރުމުގައި މުވައްޒަފުން ސީދާ އެހީވެދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ އިތުރުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކޮށް މަޢުލޫމާތު ދިނުމަށް ޚާއްޞަ އިންފޮމޭޝަން ކައުންޓަރެއް ވެސް ވަނީ ބަހައްޓައިފައެވެ.

ކޮންޓްރޯލަރ ޖެނެރަލް ރިޓަޔަރޑް ޕޮލިސް ކޮމިޝަނަރ އަޙްމަދު ފަސީހު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އިމިގްރޭޝަންގެ އައު މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކުރެވޭނެއެވެ.

ފަސީހު ފާހަގަކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނިޒާމު 2.0 އަށް ބަދަލުކޮށް ސިސްޓަމްތައް ޑިޖިޓަލައިޒް ކުރިއިރު އެޕެއް ތަޢާރަފުކޮށްފައިވީ ނަމަވެސް އައު އެޕް ނެރެނީ އިތުރު ފީޗާތަކާ އެކުގައި ކަމަށެވެ. އެ އެޕް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމާއި ފޮޓޯ ނެގުމާއި ވިސާ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ކިއޫގައި ހޭދަވާ ވަގުތު ކުޑަކޮށް ގެއިން ޚިދުމަތް ހޯދޭނެ މަގު ފަހިކުރުމަކީ މި ބަދަލުތަކުގެ މައިގަނޑު އެއް މަޤްޞަދެވެ. މި ބަދަލުތަކާ އެކު ޕާސްޕޯޓު ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ ރައްޔިތުންނަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.