ކުޅިވަރު

ތަޖުރިބާކާރު ފޯވަޑް ވެލްބެކް ދެ އަހަރުގެ އެއްބަސްވުމަކާއެކު ޗެލްސީއާ ގުޅިއްޖެ

Thajuribaakaaru forward Welbeck 2 aharuge ebbasvumakaa eku Chelsea gulhijje

Ahmed Aahil Saeed

02 August 2026

0
ތަޖުރިބާކާރު ފޯވަޑް ވެލްބެކް ދެ އަހަރުގެ އެއްބަސްވުމަކާއެކު ޗެލްސީއާ ގުޅިއްޖެ

ޑެނީ ވެލްބެކް؛ ފޮޓޯ / ޗެލްސީ

ވެލްބެކް ވެގެންދިޔައީ މި ސީޒަންގައި ޗެލްސީން ގެނައި 8 ވަނަ ކުޅުންތެރިޔާއަށެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ ބްރައިޓަންގެ ލީގު 37 މެޗެއްގައި 13 ގޯލް ކާމިޔާބުކޮށްފައެވެ. ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ފަދަ ބޮޑެތި ކްލަބްތަކުގައި ކެރިއަރު ބިނާކުރި ވެލްބެކް ޗެލްސީއާ ގުޅުމުން 2022 ވަނަ އަހަރުން ފެށިގެން އެ ކްލަބުން ގެންގުޅުނު ޒުވާން ކުޅުންތެރިންނަށް އިސްކަންދިނުމުގެ ސިޔާސަތަށް ބަދަލު އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ބްރައިޓަން އެންޑް ހޯވް އެލްބިއަންގައި ހުރި އިނގިރޭސި ފޯވަޑް ޑެނީ ވެލްބެކް ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ޗެލްސީއަށް ބަދަލުވެއްޖެއެވެ. މި ޓްރާންސްފަރގެ ފީ ދެ ކްލަބުންވެސް ހާމައެއް ނުކުރެއެވެ.

ވެލްބެކް ވެގެންދިޔައީ މި ސީޒަންގައި ޗެލްސީން ގެނައި 8 ވަނަ ކުޅުންތެރިޔާއަށެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ ބްރައިޓަންގެ ލީގު 37 މެޗެއްގައި 13 ގޯލް ކާމިޔާބުކޮށްފައެވެ. ކުރިން މެންޗެސްޓަރ ޔުނައިޓެޑާއި އާސެނަލް ފަދަ ބޮޑެތި ކްލަބްތަކުގައި ކެރިއަރު ބިނާކުރި ވެލްބެކް ޗެލްސީއާ ގުޅުމުން 2022 ވަނަ އަހަރުން ފެށިގެން އެ ކްލަބުން ގެންގުޅުނު ޒުވާން ކުޅުންތެރިންނަށް އިސްކަންދިނުމުގެ ސިޔާސަތަށް ބަދަލު އައިސްފައިވާކަން ފާހަގަކުރެވެއެވެ.

ޗެލްސީން މި ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ރިކޯޑް ޓްރާންސްފަރ ފީއެއް ކަމުގައިވާ 138 މިލިޔަން ޔޫރޯ ދީގެން އެސްޓަންވިލާއިން ގެނައި މޯގަން ރޮޖަރސް އާއި 60.7 މިލިޔަން ޔޫރޯގެ މެކްސޯންސް ލެކުއަރ އާއި 57 މިލިޔަން ޔޫރޯއަށް އެޓަލާންޓާއިން ގެނައި މާކޯ ޕަލެސްޓްރާ އާއި 50 މިލިޔަން ޔޫރޯއަށް ސްޕޯޓިންގ ލިޒްބަންއިން ގެނައި ޖިއޮވާނީ ކުއެންޑާ ފާހަގަކޮށްލެވެއެވެ.

ސޮއިކުރުމަށްފަހު ވެލްބެކް ބުނީ ޗެލްސީ ފަދަ ކްލަބަކުން އޭނާ ބޭނުންވާ ކަމަށް ބުނުމުން އާދަޔާ ޚިލާފު އުފާވެރިކަމެއް ލިބުނު ކަމަށެވެ. ޗެލްސީގެ ބައެއް ކުޅުންތެރިން ކުރިންވެސް ދަންނަ ކަމަށާއި ކޯޗު ޒާބީ އަލޮންސޯއާ ވަރަށް ރަނގަޅަށް ވާހަކަ ދެއްކުނު ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ޗެލްސީއަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވެލްބެކް ބުންޏެވެ.

ވެލްބެކް ވަނީ އިންގްލަންޑް ޤައުމީ ޓީމަށް 42 މެޗު ކުޅެ 16 ލަނޑު ޖަހައިދީފައެވެ. ޤައުމީ ޓީމަށް އެންމެ ފަހުން އޭނާ ކުޅެފައިވަނީ 2018 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް