މައިގަނޑު ބަޔަށް ދާން

ދުނިޔެ

ޤަޠަރުން ބުނަނީ އީރާނާއި އެމެރިކާ ސުލްޙަކުރުވުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އަހުމަދު އާހިލް ސައީދު

ޤަތަރުގެ ޚާރިޖީ ވަޒީރު؛ ފޮޓޯ / ސަބާހް
ޤަތަރުގެ ޚާރިޖީ ވަޒީރު؛ ފޮޓޯ / ސަބާހް

އީރާނާއި އެމެރިކާއާ ދެމެދު ޑިޕްލޮމެޓިކް ހައްލެއް ހޯދުމުގެ މަޝްވަރާތައް މެދުވެރިއެއްގެ ގޮތުން ކުރިއަށް ގެންދިޔުމުގެ މަސައްކަތް ހުއްޓާނުލައި ކުރަމުންދާ ކަމަށް ޤަޠަރުން މިއަދު ހާމަކޮށްފިއެވެ. ނަމަވެސް ދެ ޤައުމުގެ މެދުގައި ސީދާ ވާހަކަތަކެއް ރޭވިފައި ނެތް ކަމަށްވެސް ޤަޠަރުން ބުނެއެވެ.

ޤަޠަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް ޢަންޞާރީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ. އެ މަޝްވަރާތައް އަމާޒުކޮށްފައިވަނީ "ކުރު މުއްދަތުގެ ހައްލެއް ހޯދައި ވާހަކަތައް އަލުން ފަށައި މެދުވެރިކަމުގެ މުޅި މަސައްކަތް އެއްކޮށް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދުމަށް" ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ ސަރަޙައްދީ ޤައުމުތަކުން އެދިގެން އީރާނާ ވާހަކަ ދެއްކުން ކުރިއަށް ގެންދަން އެއްބަސްވެވަޑައިގެންފައިވާ ކަމަށާއި ނަމަވެސް މިއީ ޓެހެރާނަށް "ފަހު ފުރުސަތު" ކަމަށެވެ. ހޮރްމޫޒް ކަނޑުއޮޅިއަށް މަޝްވަރާތައް އަމާޒުކޮށްފައިވާ ކަމަށާއި "މާދަމާ ވެސް" އެ ކަނޑުއޮޅި ހުޅުވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާއިން ހޯމަ ދުވަހު ވަނީ ވޮޝިންގްޓަނާ މަޝްވަރާ ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފައެވެ.

ޢަންޞާރީ ވިދާޅުވީ "މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ހާލަތު ފިނިކުރުމަށާއި ކަނޑުއޮޅި އަލުން ހުޅުވުމަށާއި ދެ ފަރާތުގެ މެދުގައި ޑިޕްލޮމެސީގެ ދޮރު ހުޅުވުމަށް" ކަމަށެވެ. ވާހަކަތައް އަވަހަށް ފެށިއްޖެ ނަމަ ބޮޑު އެއްބަސްވުމަކާ ދިމާއަށް ދެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގައި ޤަޠަރާ އެކު ޕާކިސްތާނާއި ޢުމާންވެސް ހަރަކާތްތެރިވަމުންދާ ކަމަށް ޢަންޞާރީ ވިދާޅުވިއެވެ. "ޤަޠަރާއި ޕާކިސްތާނާއި މިހާރު ޢުމާންވެސް އެކުގައި މަސައްކަތް ކުރަމުންދަނީ" ކަމަށާއި ދެ ފަރާތުގެ މެދުގައި ޚިޔާލާއި ޑްރާފްޓްތައް ބަދަލުކުރެވެމުންދާ ކަމަށް ތަރުޖަމާނު ހާމަކުރެއްވިއެވެ. މީގެ ކުރިން ޤަޠަރުން ވަނީ އީރާނުގެ ހަމަލާތައް ހިނގަމުން ދަނިކޮށް މެދުވެރިކަމުގެ ދައުރު އަދާކުރަން ދެކޮޅު ހަދާފައެވެ. ނަމަވެސް ފަހަކަށް އައިސް ތިން ޤައުމު ގުޅިގެން މެދުވެރިކަމުގެ މަސައްކަތް ވަނީ ފުޅާކޮށްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.