މައިގަނޑު ބަޔަށް ދާން

ދުނިޔެ

އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް ޚާން މަޤާމުން ވަކިކުރުމުން އިސްރާއީލުން އުފާފާޅުކޮށްފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު )އައިސީސީ( ގެ ޕްރޮސެކިއުޓަރު ކަރީމް ޚާން މަޤާމުން ދުރުކުރުމާ ގުޅިގެން އިސްރާއީލުގެ އިސް އޮފިޝަލުން އެކަމަށް މަރުޙަބާ ކިޔައި އެކަމުގައި އެ ޤައުމުން އަދާކުރި ދައުރު ފާޅުގައި ހާމަކޮށްފިއެވެ.

އަހުމަދު އާހިލް ސައީދު

ކަރީމް ޚާން؛ ފޮޓޯ / ނިއުޔޯކް ޓައިމްސް
ކަރީމް ޚާން؛ ފޮޓޯ / ނިއުޔޯކް ޓައިމްސް

އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް ޚާން މަޤާމުން ވަކިކުރުމުން އިސްރާއީލުން އުފާފާޅުކޮށްފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގެ ޕްރޮސެކިއުޓަރު ކަރީމް ޚާން މަޤާމުން ދުރުކުރުމާ ގުޅިގެން އިސްރާއީލުގެ އިސް އޮފިޝަލުން އެކަމަށް މަރުޙަބާ ކިޔައި އެކަމުގައި އެ ޤައުމުން އަދާކުރި ދައުރު ފާޅުގައި ހާމަކޮށްފިއެވެ.

ޣައްޒާ ހަނގުރާމައިގައި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގިކަމުގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގެލެންޓް ހައްޔަރުކުރުމުގެ އަމުރު ނެރުމަށް މަސައްކަތްކުރެއްވި ބޭފުޅަކީ ކަރީމް ޚާނެވެ. އެ ފިޔަވަޅާ ގުޅިގެން އިސްރާއީލުން ޚާން މަޤާމުން ދުރުކުރުމަށް ބާރުއެޅިކަން އެ ޤައުމުގެ އޮފިޝަލުން ވަނީ ޢާންމުކޮށް ޤަބޫލުކޮށްފައެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރު ވަނީ ޚާން މަޤާމުން ވަކިކުރި ކުރުމަށް ތާއީދުކުރައްވައި އެކަމަށް މަރުޙަބާ ވިދާޅުވެފައެވެ.

މި މައްސަލައިގައި އައިސީސީގެ ޕްރޮސެކިއުޓަރުގެ މަޤާމަށް ދެން ވަޑައިގަންނަވާ ބޭފުޅެއްގެ ނިންމެވުންތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.