މާލޭގެ ކެފޭތައް ފާސްކޮށް ގަވާއިދާ ޚިލާފު 8 ބިދޭސީއަކު ހައްޔަރުކޮށްފި
Male ge cafe thah faaskoh gavaaidhaa hilaafu 8 bidheysee aku hayyaru koffi
Ahmed Aahil Saeed
30 July 2026
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނުގެ ތެރެއިން؛ ފޮޓޯ / އިމިގްރޭޝަން
ގަވާއިދާ ޚިލާފަށް ހިންގާ ކެފޭތަކާއި ޓޭކްއަވޭ ތަންތަން ބެލުމަށް ސަރުކާރުގެ ޓާސްކް ފޯހުން މިއަދު މާލޭގައި ޚާއްޞަ އޮޕަރޭޝަނެއް ހިންގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކަމާ ގުޅޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ޖުމްލަ 6 ތަނެއް ބެލިއެވެ. ފާސްކުރި ތަންތަނުގެ ތެރޭގައި ކެފޭތަކާއި ކާބޯތަކެތި ވިއްކާ ޓޭކްއަވޭ އައުޓްލެޓްތައް ހިމެނެއެވެ.
މި ތަންތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 28 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކުރެވުނެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ މީހުންގެ ތެރެއިން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 8 މީހަކު ފާހަގަކުރެވި އެ އެންމެން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ ހޮނިހިރު ދުވަހުވެސް އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ތަކެއް މާލޭ ސަރަހައްދުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް