މާލޭގައި ދިރިއުޅޭ 25 އަހަރުގެ އަންހެނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި
ގުލްޒާރުގެ / ލ. މުންޑޫއަށް ނިސްބަތްވާ މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަހުމަދު އާހިލް ސައީދު
ލ. މުންޑޫއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާއިން ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ގުލްޒާރުގެ / ލ. މުންޑޫއަށް ނިސްބަތްވާ މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން އަންނަނީ މާލޭގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅީ މި މަހުގެ އެއް ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
މަރްޔަމް މާއީ ޖަމީލާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ފަރާތެއް ވާ ނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި މަޢުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް