މައިގަނޑު ބަޔަށް ދާން

ހަބަރު

ޕެންޝަން ފަންޑުގެ ފައިސާއިން ޙައްޖު ކިޔުއަށް އެރެވޭ ގޮތް ހަމަޖައްސައިފި

ޕެންޝަނާ ބެހޭ ޤާނޫނަށް މިއަހަރު ގެނެވުނު އިސްލާޙުގެ ދަށުން ސަރުކާރުން ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ކުންފުންޏަށް ޖުމްލަ އަގުގެ 20 އިންސައްތަ ދެއްކުމުން ބާކީ 80 އިންސައްތަ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސޭނެއެވެ. އެއާއެކު ކިޔުގެ ތަރުތީބުން ޖާގަ ރިޒާވްކުރެވޭނެއެވެ.

އަހުމަދު އާހިލް ސައީދު

ދިވެހި ޙައްޖުވެރިން މިނާގައި- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން
ދިވެހި ޙައްޖުވެރިން މިނާގައި- ފޮޓޯ/ ޙައްޖު ކޯޕަރޭޝަން

ޕެންޝަން ސްކީމް މެދުވެރިކޮށް ޙައްޖުގެ އަގުގެ ބައެއް ދައްކައިގެން ޙައްޖު ކިޔުގައި ޖެހެވޭނެ އިންތިޒާމް މިހާރު ހަމަޖެހިއްޖެއެވެ.

ޕެންޝަނާ ބެހޭ ޤާނޫނަށް މިއަހަރު ގެނެވުނު އިސްލާޙުގެ ދަށުން ސަރުކާރުން ޙައްޖަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ކުންފުންޏަށް ޖުމްލަ އަގުގެ 20 އިންސައްތަ ދެއްކުމުން ބާކީ 80 އިންސައްތަ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން ހަމަޖެއްސޭނެއެވެ. އެއާއެކު ކިޔުގެ ތަރުތީބުން ޖާގަ ރިޒާވްކުރެވޭނެއެވެ.

މި ފުރުޞަތު ލިބެނީ ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ ފަރާތްތަކަށެވެ. އިތުރު ޝަރުތެއްގެ ގޮތުން ޕެންޝަން ލިބޭ ޢުމުރު ހަމަވާއިރު ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މަހަކު 2000 ރުފިޔާ ދެވޭ ވަރަށް އެމީހެއްގެ ސޭވިންގްސް އެކައުންޓުގައި ފައިސާ ހުންނަންޖެހެއެވެ.

ގެދޮރު ގަތުމަށް ޑައުންޕޭމަންޓުގެ ގޮތުގައި ޕެންޝަން ފަންޑުން ފައިސާ ނަގާފައިވާ ނަމަ އެ ޢަދަދު އުނިކުރުމަށްފަހުގައި ބާކީ ހުރި މިންވަރަށް ބެލޭނެއެވެ.

ކުރިން 2019 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލުގައި ވެސް ފަރުޟު ޙައްޖަށް ޕެންޝަން ފަންޑުގެ 80 އިންސައްތަ ދޫކުރެވޭ ގޮތް އޮތް ނަމަވެސް މިއަހަރުގެ އިސްލާޙާއެކު ޙައްޖު ކިޔުއަށް ސީދާ އެރެވޭނެ ގޮތް މިވަނީ ތަނަވަސްވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.