މައިގަނޑު ބަޔަށް ދާން

ހަބަރު

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން މި މައްސަލަ އެ މުއައްސަސާއަށް ހުށަހެޅީ އިއްޔެއެވެ. އެ ރިޕޯޓާ ގުޅިގެން ހަމަ އެ ދުވަހު ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

އަހުމަދު އާހިލް ސައީދު

ރަށެއްގައި ހުރި ފުލުހުންގެ މަރުކަޒެއް... ފޮޓޯ: ދައުލަތުގެ މީޑިއާ
ރަށެއްގައި ހުރި ފުލުހުންގެ މަރުކަޒެއް... ފޮޓޯ: ދައުލަތުގެ މީޑިއާ

ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން މި މައްސަލަ އެ މުއައްސަސާއަށް ހުށަހެޅީ އިއްޔެއެވެ. އެ ރިޕޯޓާ ގުޅިގެން ހަމަ އެ ދުވަހު ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ފާއިތުވި ހަފުތާތަކުގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާ ޖިންސީ ގޯނާގެ މައްސަލަތައް ގިނަ ޢަދަދަކަށް ރާއްޖެއިން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާއާއި ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ދިން ކަމުގެ ތުހުމަތުގައި ބައްޕައަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފައިވެއެވެ. އެ ކުއްޖާއަށް އަނިޔާކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމައެހެންމެ ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި ކަމުގެ ތުހުމަތުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވެއެވެ. އެ މައްސަލައިގައި ވެސް ހައްޔަރުކުރީ ކުއްޖާގެ ބައްޕައެވެ. އެ ކުއްޖާގެ މަންމަގެ ބައިވެރިވުމެއް އޮތްތޯ ތަޙުޤީޤު ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން އޭރު ބުނި ނަމަވެސް އެ ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.