މައިގަނޑު ބަޔަށް ދާން

ދުނިޔެ

ސަޢޫދީ ޢަރަބިއްޔާއަށް ދިން ޑްރޯން ހަމަލާތައް ޖީސީސީ އާއި މިޞްރުން ކުށްވެރިކޮށްފި

ޖީސީސީން ނެރުނު ބަޔާނެއްގައި އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ މި ހަމަލާތައް ސިފަކުރައްވާފައި ވަނީ "ނުރައްކާތެރި އެސްކެލޭޝަނެއް" ގެ ގޮތުގައި ކަމަށާއި މިއީ "ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވި ސީދާ ނުރައްކަލެއް" ކަމަށް ބަޔާންކުރައްވައިފައެވެ.

އަހުމަދު އާހިލް ސައީދު

ޖީސީސީ ގައުމުތައް؛ ފޮޓޯ / ޖީސީސީ
ޖީސީސީ ގައުމުތައް؛ ފޮޓޯ / ޖީސީސީ

ސަޢޫދީ ޢަރަބިއްޔާއަށް ހޯމަ ދުވަހު ޑްރޯންތަކެއް ބޭނުންކޮށްގެން ދިން ހަމަލާތައް ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއި މިޞްރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޖީސީސީން ނެރުނު ބަޔާނެއްގައި އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޖާސިމް މުޙައްމަދު އަލްބުދައިވީ ވަނީ މި ހަމަލާތައް ސިފަކުރައްވާފައި ވަނީ "ނުރައްކާތެރި އެސްކެލޭޝަނެއް" ގެ ގޮތުގައި ކަމަށާއި މިއީ "ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވި ސީދާ ނުރައްކަލެއް" ކަމަށް ބަޔާންކުރައްވައިފައެވެ.

ހަމައެއާއެކު ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި ސަލާމަތް ހިމާޔަތްކުރުމަށް އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ސަޢޫދީ ޢަރަބިއްޔާއާ ފުރިހަމައަށް އެއްގަލަކަށް އެރުއްވީ ކަމަށް ވިދާޅުވިއެވެ.

މިޞްރުގެ ޚާރިޖީ ވުޒާރާއިން ވެސް މި ހަމަލާތައް ސިފަކޮށްފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތާއި ހަމަޖެހުމާ ދެކޮޅަށް ހިންގި ޢަމަލެއްގެ ގޮތުގައެވެ. އެ ވުޒާރާއިން ބުނީ މިފަދަ ހަމަލާތަކުން މުޅި ސަރަޙައްދުގެ ހަމަޖެހުމަށް ނުރައްކާވެދާނެ ކަމަށެވެ. މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމައަށް ތިބި ކަމާއި އެ ޤައުމުގެ ރައްދު ފިޔަވަޅުތަކަށް ތާއީދުކުރާ ކަމަށް ވެސް މިޞްރުން ހާމަކުރިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޢިރާޤުން ފޮނުވާލި މި ޑްރޯންތައް އަމާޒުކޮށްފައި ވަނީ އެ ޤައުމުގެ އިރުމަތީ ސަރަޙައްދުގެ ތެޔޮ އުފައްދާ ތަންތަނަށާއި ވެރިރަށް ރިޔާޟަށެވެ. ސަޢޫދީ ވައިގެ ދިފާޢީ ނިޒާމުން ވަނީ އެ ހުރިހާ ޑްރޯންތަކެއް ހުއްޓުވައި ނައްތައިލައިފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.