މައިގަނޑު ބަޔަށް ދާން

ހަބަރު

ޑޮކްޓަރ މުޙައްމަދު ލަޠީފަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތް އަރުވައިފި

ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޑޮކްޓަރ ލަޠީފްގެ ޚިދުމަތުގެ އެންމެ ބޮޑު ބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. އެ ދާއިރާގައި 22 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި ކިޔަވައިދިނުމުގެ މަންހަޖު ހެދުމާއި މުދައްރިސުން ތަމްރީނުކުރުމުގެ މަރުކަޒުތައް ޤާއިމުކުރެއްވުމާއި ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން ތައްޔާރުކުރެއްވުމުގައި މޭސްތިރިއެއްގެ ގޮތުގައި ހުންނެވިއެވެ.

އަހުމަދު އާހިލް ސައީދު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދައުލަތުގެ އެންމެ މަތީ ޢިއްޒަތްތަކުގެ ތެރެއިން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ޑޮކްޓަރ މުޙައްމަދު ލަޠީފަށް އެރުވުމުގެ ތެރެއިން؛ ފޮޓޯ / ރައީސް އޮފީސް.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދައުލަތުގެ އެންމެ މަތީ ޢިއްޒަތްތަކުގެ ތެރެއިން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ޑޮކްޓަރ މުޙައްމަދު ލަޠީފަށް އަރުވައިފިއެވެ.

ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޑޮކްޓަރ ލަޠީފްގެ ޚިދުމަތުގެ އެންމެ ބޮޑު ބައެއް ހޭދަކުރެއްވީ ތަޢުލީމީ ދާއިރާގައެވެ. އެ ދާއިރާގައި 22 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި ކިޔަވައިދިނުމުގެ މަންހަޖު ހެދުމާއި މުދައްރިސުން ތަމްރީނުކުރުމުގެ މަރުކަޒުތައް ޤާއިމުކުރެއްވުމާއި ރާއްޖޭގެ ފުރަތަމަ އަދި ދެވަނަ އެޑިޔުކޭޝަން މާސްޓަރ ޕްލޭން ތައްޔާރުކުރެއްވުމުގައި މޭސްތިރިއެއްގެ ގޮތުގައި ހުންނެވިއެވެ.

ސާނަވީ ތަޢުލީމު ފުޅާކުރެއްވުމާއި މަތީ ތަޢުލީމް ފެށްޓެވުމުގެ އިތުރުން 1998 ގައި ރާއްޖޭގެ ފުރަތަމަ ކޮލެޖް ޤާއިމުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ހައިސިއްޔަތުން މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން ޚާރިޖީ ރޮނގުންވެސް ޑޮކްޓަރ ލަޠީފް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރެއްވިއެވެ. ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ 3 ވަނަ ސެކްރެޓެރީކަމާއި އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަން ކުރެއްވިއެވެ. އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ރާއްޖެ ވަކިކުރުމަށް ބޭނުންވާ އިސްތިރާޖު ކަނޑައެޅުއްވުމާއި ތަންފީޒުކުރެއްވުމުގައިވެސް އެ މަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ. ހަމައެހެންމެ ސިވިލް ސަރވިސް ކޮމިޝަން ޤާއިމުކުރެއްވުމާއި އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން ދިވެހި ސިވިލް ސަރވިސް ޒަމާނީ ގޮތަށް ބައްޓަންކުރެއްވުމުގައިވެސް ޑޮކްޓަރ ލަޠީފް އިސް ދައުރެއް އަދާކުރެއްވިއެވެ.

ޑޮކްޓަރ ލަޠީފް ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް ޚިދުމަތްކުރައްވައިފައެވެ. އެ މަނިކުފާނު ޕީ.އެޗް.ޑީ. ޙާޞިލުކުރެއްވީ 1992 ގައި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވޭލްސް އިން އެޑިޔުކޭޝަނަލް ޕްލޭނިންގ ގެ ރޮނގުންނެވެ. އެ މަނިކުފާނު އެންމެ ފަހުން ހުންނެވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ކަމުގެ މަޤާމުގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ނިއުސް ކާސްޓް

އެންމެ ފަހުގެ ޚަބަރުތަކާއި، ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގެ އެންމެ ފުރިހަމަ މަޢުލޫމާތު އެންމެ އަވަހަށް ގެނެސްދިނުމަށް ޚާއްޞަކޮށްފައިވާ ވެބްސައިޓެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، އިތުބާރު ހުރި ޚަބަރުތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމެވެ.

Copyright © 2026 Newscast. All rights reserved.