ފުލުހުންގެ ޚިދުމަތް ރައްޔިތުން އެދޭ ފެންވަރަށް ބަދަލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވެއްޖެ
ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި އަސްކަރީ ޚިދުމަތެއްގެ ގޮތުގައި އޮތް ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވީ ފަހުން 22 އަހަރު ފާއިތުވެގެން ދިޔައިރު ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައެއް ނުވެއެވެ. އެ ކަމުގެ ސަބަބުން ރައްޔިތުން އެދޭ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އަތޮޅުތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒެއްގައި ޚިދުމަތް ދެމުން ގެންދިޔައީ އެންމެ 17 ތަނެއްގައި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަހުމަދު އާހިލް ސައީދު
ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި ހިނގާލުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމެއްގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިހާރު ގެންނަމުންދާ ބަދަލުތަކާ އެކު ފުލުހުންގެ މުއައްސަސާ ދިވެހި ރައްޔިތުން ބޭނުންވާ ފެންވަރުގެ ޚިދުމަތެއް ދެވޭ ތަނަކަށް ހެދޭނެ ކަމަށް ވިދާޅުވެއްޖެއެވެ.
ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި އަސްކަރީ ޚިދުމަތެއްގެ ގޮތުގައި އޮތް ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވީ ފަހުން 22 އަހަރު ފާއިތުވެގެން ދިޔައިރު ބޭނުންވާ ވަސީލަތްތައް އެކަށީގެންވާ ވަރަށް ޤާއިމުކުރެވިފައެއް ނުވެއެވެ. އެ ކަމުގެ ސަބަބުން ރައްޔިތުން އެދޭ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އަތޮޅުތެރޭގައި ފުލުހުންގެ އަމިއްލަ މަރުކަޒެއްގައި ޚިދުމަތް ދެމުން ގެންދިޔައީ އެންމެ 17 ތަނެއްގައި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް މި ދައުރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ފުލުހުންގެ ޚިދުމަތް 22 އަހަަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް މީހުން އިތުރުވެ ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތީމަ އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަން ކުރިއަށްދޭ." ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ތަނުގައި ފުލުހުންގެ ޤާބިލުކަން އިތުރުވެގެންދާނެ ގޮތާ މެދު ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މުއައްސަސާގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެވިފައިވާ ކަމަށެވެ.
"މިހުރިހާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެ ފުލުހުންގެ ތެރޭގައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެވިފައި. އަދި ޚާއްސަ ދައިރާތަކުން ގެންނަން ޖެހޭ ތަމްރީނުތަކާއި އެއްޗެހި ދެވި ފުލުހުން މިހާރަށް ވުރެ ޤާބިލް އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ބަދަލުވެގެން ދާނެ. މާތް ﷲ އިރާދަފުޅާއެކީ ކުރިއަށް މިއޮތް އަހަރަކީ އެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ވެގެން ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަހެއް." ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުކުރީ 1 ސެޕްޓެމްބަރު 2024 ގައި ކަމަށް ވާއިރު ސަރުކާރުން ދަނީ ޢުމްރާނީ ވަސީލަތްތައް ފޯރުކޮށްދީ ރައްޔިތުންނާ ގާތުން ޚިދުމަތް ދެވޭނެ މަގު ތަނަވަސްކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް