ރިޔާޟް އެއާޕޯޓަށް ދިން މިސައިލް ހަމަލާގައި ބަންގްލަދޭޝްގެ މުފްތީއެއް މަރުވެއްޖެ
ސަޢޫދީ އަރަބިއްޔާގެ ކިންގް ޚާލިދު ބައިނަލްއަޤުވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާގައި މަރުވި 12 މީހުންގެ ތެރޭގައި ޢުމްރާގެ އަޅުކަމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީ ނަޞްރުالله އަލް-ބަދުރް ހިމެނޭކަން ކަށަވަރުވެއްޖެއެވެ.
އަޙްމަދު އާހިލް ސަޢީދު
ސަޢޫދީ އަރަބިއްޔާގެ ކިންގް ޚާލިދު ބައިނަލްއަޤުވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާގައި މަރުވި 12 މީހުންގެ ތެރޭގައި ޢުމްރާގެ އަޅުކަމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީ ނަޞްރުالله އަލް-ބަދުރް ހިމެނޭކަން ކަށަވަރުވެއްޖެއެވެ.
ނަޞްރުالله މަރުވިއިރު ހުރީ އިޙްރާމް ހެދުމުގައެވެ. އޭނާއަކީ ކުމިއްލާގެ ނަންގަލްކޯޓް އުޕާޒިލާއަށް ނިސްބަތްވާ، ޑާކާގެ ކަމްރަންގީރުޗާރުގައި ހުންނަ މަދްރަސާއެއްގައި ކިޔަވައިދެމުން ގެންދިޔަ ބޭފުޅެކެވެ. މި ހަމަލާގައި މަރުވި ބަންގްލަދޭޝްގެ ދެވަނަ ރައްޔިތަކީ ބޮގުރާގެ ޝާހްޖަހާންޕޫރް އުޕާޒިލާގެ މަޑްލާ އަވަށަށް ނިސްބަތްވާ މުޙައްމަދު ޝާހިދު އަޙްމަދެވެ. ޝާހިދު އަޙްމަދަކީ ސަޢޫދީގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. ބަންގްލަދޭޝްގެ ދެ ރައްޔިތުން މަރުވިކަން އެ ޤައުމުގެ އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް މިނިސްޓްރީން އާދީއްތަ ދުވަހު ކަށަވަރުކޮށްދީފައިވެއެވެ.
ނަޞްރުاللهގެ ބޭބެ ނާޞިރުއްދީން ބުނީ "އުމްރާއަށް ދަތުރުކުރުމަށް ޑާކާއިން ފުރާފައިވަނީ ހޮނިހިރު ދުވަހު" ކަމަށާއި "އަނބުރާ އަންނަން ހަމަޖެހިފައި އޮތީ އޮކްޓޫބަރު 24 ގައި" ކަމަށެވެ. ނާޞިރުއްދީން ބުނި ގޮތުގައި އެ ގްރޫޕުގައި 45 މީހުން ތިބިއިރު، އޭގެ ތެރެއިން 32 މީހުން އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވެފައިވެއެވެ. ނަމަވެސް އެކެއްގެ ދެ ފައި ބުރިވެ، އިތުރު އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ހަމަލާގައި ޖުމްލަ 12 މީހުން މަރުވެ 309 މީހުން ޒަޚަމްވެފައިވެއެވެ. މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި ފަލަސްޠީނާއި އެމެރިކާއާއި މިޞްރާއި ޢުރުދުންނާއި ސީރިޔާ އަދި ސޫދާންގެ ރައްޔިތުން ހިމެނެއެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް